
މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައިދަރު މަގާމުނ ްއިސްތިއުފާދެއްވާފައިމިވަނީ، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ކެބިނެޓުގެ ބައެއް ވަޒީރުން މަގާމުން ދުރުވަމުންދާ މި ދަނޑިވަޅުގައެވެ.
ހައިދަރު މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ އޭރުގެ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެންނެވެ.
ޑރ. ހައިދަރުގެ އިސްތިއުފާއާއެކު، ސަރުކާރުގެ ކެބިނެޓުން ވަކިވެވަޑައިގަތް ވަޒީރުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފައެވެ.









