April 15, 2026
Advertisement
އިސްތިއުފާ ދޭން ޖެހޭނީ މުއިއްޒު، ވަޒީރުންނެއް ނޫން: މަލީހު
އިސްތިއުފާ ދޭން ޖެހޭނީ މުއިއްޒު، ވަޒީރުންނެއް ނޫން: މަލީހު

އިސްތިއުފާ ދޭން ޖެހޭނީ މުއިއްޒު، ވަޒީރުންނެއް ނޫން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2026, 04:37 PM
މާލެ ސިޓީ

ގައުމުގައި މިއަދު އިސްތިއުފާގެ އަޑު ގަދަވެފައިވާއިރު، ހަގީގީ މާނައިގައި އިސްތިއުފާ ދޭން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ މިހާރު ވަޒީރުންގެ މަޖިލީހުން ވަކިކޮށް އަދި އިސްތިއުފާދިން އެއްވެސް ވަޒީރަކު ދެން ވަޒީރުންގެ މަޖިލިސް އެކުލަވާލާއިރު ނުހިމެނުމަށް ގޮވާލައްވާފައެވެ.

ރައީސް މުއިއްޒުވެސް މިވަގުތު ހުރީ މަގާމު ފުރުއްވޭވަރުގެ ހާލަތެއްގައި ނޫން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން މާ ގިނަ ދުވަހަކު ދެމި ނޯންނާނެ ކަމަށާ އެހެންކަމުން އިސްތިއުފާ ދޭންވީ ރައީސް މުއިއްޒު ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުގެ ކުރު މުއްދަތުގައި ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރާ މެދު ނުރުހިފައިވާކަން ދަނީ ފެންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved