
ގައުމުގައި މިހާރު ފެންނަމުން ދަނީ ރައްޔިތުން ފިއްކަޑައިގެން ދާވަރުގެ ކޮރަޕްޝަނާ ޚިޔާނާތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތުތައް އަމާޒުވެފައިވަނިކޮށް، މީޑިޔާތަކުން ވަނީ އެމްއޭސީއެލް ބޯޑުން އެމޔޫ މަނިކާ އަދި އިބްރާހިމު ނޫރައްދީން ވަިކޮށް ހިންގި ޖަރީމާތަކުގެ މައުލޫމާތު ތިލަ ކުރަން ފަށާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑރ. މުއިއްޒު ކަންދެއްކުމާއި މުނާފިގުކަން ދޫކޮށް އެމަނިކުފާނުގެ ކިބައިގައި ހުރި އީމާންތެރިކަމެއް ރައްޔިތުންނަށް ދައްކަން ވެއްޖެ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ރައީސ ް މުއިއްޒު ވަނީ، މިގައުމުގެ ވެރިޔަކު މިހާ ހިސާބަށް ނުދޭވަރުގެ ގެއްލުންދީފައި ކަމަށާ މިއީ ރައީސް މުއިއްޒުގެ ކިބައިގައި ގައުމަށް ކުލުނެއް އޯގާތެރިކަމެއް ނެތްކަން ސާބިތުވާކަމެއް ކަމަށްވެސް ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މިއީ ނޫމަޑީގެ ކޮރަޕްޝަނުން ސަލާމަތްވީތީ ދެން ދުވަހަކުވެސް ގާނޫނު އަރާހަމަ ނުކުރާނެކަމަށް ރައީސް މުއިއްޒުމެންނަށް ގަބޫލް ކުރެވޭކަމުގެ ދަލީލެއް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ މިވަރުގެ އަނިޔާވެރި ވެރިން ގައުމުތައް ދަވާލަނީ ރައީސް މުއިއްޒު އެ ދައްކވާ މިސާލަ އެއް ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ މިހާރު މި ގައުމުން ފެންނަމުން ދަނީ ބަޔަކު ފިއްކަޑައިގެން ދާވަރަށް ވައްކަމާ ކޮރަޕްޝަން ކަން ވެސް ފާހަގަކުރައްވާފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރަކީ ގައުމު ދުށް އެންމެ ކޮރަޕްޓު ސަރުކާރުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.










