April 17, 2026
Advertisement
ހަނގުރާމައިގެ ސަބަބުން އަސަރު ނުކުރާނެއޭ ބުނި ސަރުކާރަށް، ހަނގުރާމައިގެ ސަބަބުން ހިލަވެލި ނުލިބި ޕްރޮޖެކްޓުތައް މަޑު ޖެހިފައި!
ހަނގުރާމައިގެ ސަބަބުން އަސަރު ނުކުރާނެއޭ ބުނި ސަރުކާރަށް، ހަނގުރާމައިގެ ސަބަބުން ހިލަވެލި ނުލިބި ޕްރޮޖެކްޓުތައް މަޑު ޖެހިފައި! / -

ހަނގުރާމައިގެ ސަބަބުން އަސަރު ނުކުރާނެއޭ ބުނި ސަރުކާރަށް، ހަނގުރާމައިގެ ސަބަބުން ހިލަ ނުލިބި ޕްރޮޖެކްޓުތައް މަޑު ޖެހިފައި!

Apr 16, 2026, 05:24 PM
މާލެ ސިޓީ

ހަނގުރާމައިގެ ސަބަބުން އަސަރު ނުކުރާނެއޭ ބުނި ސަރުކާރަށް، ހަނގުރާމައިގެ ސަބަބުން ހިލަ ނުލިބި ޕްރޮޖެކްޓުތައް މަޑު ޖެހިފައިވާކަން ހާމަކޮށްފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި ރާއްޖެއަށް އާންމުކޮށް ހިލަ ގަންނަ ގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިލަ ލިބުން ދަތިވެފައިވާ ކަމަށެވެ. އެ ކަމަށް ހައްލެއް ހޯދަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ، ހިލަ ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ރަށްރަށުގައި އެކި ޕްރޮޖެކްޓުތަކުގެ މަސައްކަްތ ހުއްޓިފައިވާ ކަމަށެވެ. އަދި އިންޑިއާ މެދުވެރިކޮށް ހިލަ ލިބޭނެ އިންތިޒާމު ހަމަ ޖެހޭތޯ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިއާއިން މިހާރުވެސް ހިލަ ރާއްޖެއަށް އެތެރެ ކުރެއެވެ. 

ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ހަނގުރާމައިގެ ސަބަބުން ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށާ އެމަނިކުފާނު ސަރުކާރުން އަޅާނެ ފިޔަވަޅެއް ވެސް ނޯންނާނެއެވެ. ނަމަވެސް ކައުންސިލް އިންތިހާބު ނިމުމާ އެކު ޚަރަދު ކުރުމުގެ ނަމުގައި ފިޔަވަޅުތައް އަޅާ ރައްޔިތުންނަށް ތުރާ ދަނީ ޖައްސަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved