
ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށާ ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކެރީގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
ހުކުރު ދުވަހުން ފެށިގެން ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.










