April 15, 2026
Advertisement
އެންވަޔަރަންމަންޓު މިނިސްޓަރަކީ ޕީޕީއެމް/ޕީއެންސީ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާވެރިވާން ހިތްވަރު ދިން މީހެއް!
އެންވަޔަރަންމަންޓު މިނިސްޓަރަކީ ޕީޕީއެމް/ޕީއެންސީ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާވެރިވާން ހިތްވަރު ދިން މީހެއް! / ރައީސް އޮފީސް
ކުއްލި ހަބަރު

އެންވަޔަރަންމަންޓު މިނިސްޓަރަކީ ޕީޕީއެމް/ޕީއެންސީ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާވެރިވާން ހިތްވަރު ދިން މީހެއް!

Apr 15, 2026, 06:35 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިއްޔެ އައި ލޮޅުމާއެކު ކެބިނެޓަށް ގެނައި ބަދަލުގެ ތެރޭގައި ހިމެނޭ މިނިސްޓަރ އޮފް ކްލައިމެޓު ޗޭންޖު އެންވަޔަރަންމަންޓު އެންޑް އެނާޖީ އަލީ ޝަރީފަކީ އެމްޑީޕީގެ ވެރިކަމުގައި ޕީޕީއެމް/ޕީއެންސީއިން ނުކުމެ ކުރި އިހުތިޖާޖުތަކުގައި ރައްޔިތުންނަށް އަނިޔާލިބުމުން އެކަމަށް ހިތްވަރުދޭ މޭރުމުން ވާހަކަ ދައްކަވާފައިވާ މީހެއްކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން ޕީޕީއެމް/ޕީއެންސީއިން އޭރު ސިލްސިލާކޮށް ކުރަމުން ދިޔަ އިހުތިޖާޖުތަކުގެ ތެރެއިން 2023 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުގެރޭ ކުރި އިހުތިޖާޖުގެ ތެރެއިން މިހާރުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއާ އަދި ވެސް ގިނަ ބަޔަކަށް ފުލުހުން ކުރި އަނިޔާއާ ގުޅިގެން މިހާރުގެ އިކޮނޮމިކު މިނިސްތަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓަކަށް ރިޕްލައިކޮށް އަލީ ޝަރީފު ބުނެފައިވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރީ ގޭގައި ތިއްބާ ނޫން ކަމަށާ އެކަން ކުރި ހަމަ ރަގަޅަށް ކަމަށެވެ. އަނިޔާއަށް ހިތްވަރު ދެމުން އަލި ޝަރީފު ބުނެފައިވަނީ އެއްވެސް ފަރާތަކަށް ބެލުމެއްނެތި މަގުތައް ހުސްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މިހާރުގެ ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް ހަމަ އެދުވަހު، ރައްޔިތުންނަށާ އިސްރަށްވެހިންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާ ނޫސްވެރިންނަށް ވެސް އަނިޔާކުރުމުން ކުރި ޓްވީޓަކަށް ރިޕްލައިކޮށް އަލި ޝަރީފު ވަނީ "ކަލޭ ގޭގައި އޮއްވާތަ ފޮސް ބޭނުންކުރީ" މި އިބާރާތުން ލިޔެ ޓްވީޓަށް ޖަވާބުދީފައެވެ.

މީގެ އިތުރުންވެސް އަލީ ޝަރީފު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ މިހާރުގެ ޖަޕާން ސަފީރު އަހުމަދު މަހްލޫފުގެ ޓްވީޓަކަށްވެސް ރިޕްލައިކޮށްފައެވެ.

އެހެންކަމުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރަން ރައީސް މުއިއްޒު މި ގެނައީ ރައްޔިތުންނަށް އަނިޔާވެރިވާން ހިތްވަރު ދިން މީހެކެވެ. ވަރުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މސައްކަތްކުރެވޭނެބާއެވެ؟ އަލީ ޝަރީފު މިހާރު ވަނީ ކުރީގެ ޕޯސްޓުތައް ޑިލީޓުކުރަންވެސް ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved