June 1, 2026
Advertisement
ކުރެވޭ ތުހުމަތުތައް ދިފާއު ނުކޮށް މުޅި އުއްމަތުގެ އަނގަމަތި ބަންދު ކުރިޔަސް ކަމަކު ނުދާނެ: ރައީސް ޔާމީން
ކުރެވޭ ތުހުމަތުތައް ދިފާއު ނުކޮށް މުޅި އުއްމަތުގެ އަނގަމަތި ބަންދު ކުރިޔަސް ކަމަކު ނުދާނެ: ރައީސް ޔާމީން / ތޭރަ އޮންލައިން

ކުރެވޭ ތުހުމަތުތައް ދިފާއު ނުކޮށް މުޅި އުއްމަތުގެ އަނގަމަތި ބަންދު ކުރިޔަސް ކަމަކު ނުދާނެ: ރައީސް ޔާމީން

May 31, 2026, 10:07 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތައް ދިފާއު ނުކޮށް މުޅި އުއްމަތުގެ އަނގަމަތި ބަންދު ކުރިޔަސް ކަމަކު ނުދާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް ޕްރޮސެކިއުޓަރ ޖެނެރަލް އެދިގެން ކުރިމިނަލު ކޯޓުން ނެރުނު "ގެގް" އޯޑަރަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ފާޑުވިދާޅުވުން ރައީސް މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ ވަރުގަދަ ފާޑުކިޔުންތަކާ ނުރުހުން އަމާޒުކުރައްވާފައިވަނީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ފާޑުކިޔުން އަމާޒުކުރި ނަމަވެސް، ސިޔާސީ ގޮތުން ކިތަންމެ ދޮގު ހެދިނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާ ބަދަލު ހިފުމުގެ ރޫހު މި ގައުމުން ފޮހެވުނީ ކަމަށް ރައީސް މުއިއްޒު އިންތިގާލީ މަރުހަލާގައި ވިދާޅުވެފައިވާއިރު، ސިޔާސީ ދޮގު ހަދައިގެން މީހަކު ޖަލަށް ނުލާނީ، އެފަދަ ދޮގު އެންމެ ގިނައިން ހަދަނީ ރައީސް މުއިއްޒު ކަމަށް ވުމުންތޯ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ ނޫސްވެރިންވެސް ކަންކަމުގައި ސުވާލުކުރުމުން ނަގާ ޖަލަށްލުމުގެ ބަދަލުގައި އެ ރައްޔިތުންގެ ވަލިއްޔުލް އަމްރަށް އަމާޒުވެފައިވާ ބޮޑު ތުހުމަތެއްގެ ދިފާއު އޮންނަން ވާނެ ކަމަށާ އަމިއްލައަށް ނިސްބަތްވާ ކަމެއްގައި ދިފާއުވުމުގެ ބަދަލުގައި މުޅި އުއްމަތުގެ އަނގަ ބަންދުކޮށް ކޯޓު އަމުރު ނެރުމަކީ އަދި ކަން ކުރަން ވާނެ ގޮތް ނޫން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރުގައި ގާނޫނު ނަގަަހއްޓާ ދަމަހައްޓަން މަސައްކަތްނުކުރާކަމުގެ ތުހުމަތު ކުރައްވާ، ގާނޫނު ނަގަހައްޓަން ޕްރޮސެކިއުޓަރ ޖެނެރަލް މަސައްކަތް ނުކުރަނީ ކީއްވެކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved