
ރައީސް ޑރ މުހައްމަދު މުއިއްޒަކީ ސްޕްލިޓު ޕާސަނަލީޓީއެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕިއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ، ވެރިކަމުގެ ކުރީ ކޮޅުއާ އަދި ވެރިކަމަށް ވަޑައިގަންނަވަން ވެގެންވެސް ނުކުރައްވާނެ ކަމަށް ވިދާޅުި ހުރިހާ ކަމެއް ކުރައްވަމުން ކަމަށާ ދެއްކެވިފައި ހުރި އެއްވެސް ވާހަކައެއްގެ މަތިން އެމަނިކުފާނު ހަނދާން ނެތް ކަމަށެވެ.
އެގޮތުން ނިމިދިޔަ ސަރުކާރުން މުޒާހަރާ ކުރި މީހުންނާ މެދު ކަންކުރި ގޮތް އިހާނެތި ކަމާ އެސްއޯ ފުލުހުން ފޮނުވައިގެން ޣައިރު ގާނޫނީ ކަންކަން ހިންގިކަން ރައީސް މުއިއްޒު އަމިއްލަފުޅަށް ހަނދާން އައުކުރައްވާ، އެކަންކަން އެމަނިކުފާނުގެ ސަރުކާރެއްގައި ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވި ކަން ހަނދާނަށް ގެންނަވާ ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންަމުން ދޭހަވަނީ ރައީސް މުއިއްޒަކީ ސްޕްލިޓު ޕާސަނަލަޓީއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ކަންކަން ިއހު ސަރުކާރުތަކަށް ވުރެ މާ ގޯސްކަމަށާ އެހެންކަމުން ސިޔާސީ ފިކުރު އެއް ފަރާތްކުރައްވާ ގައުމުގެ މަސްލަހަތަށް އެމްޑީޕީއާ އެކު މަސއްކަތްކުރަން އެމަނިކުފާނަށް މަޖްބުރުވެވަޑައިގެންނެވީ ކަމަށެވެ.










