April 20, 2026
Advertisement
އައްބާސް މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް އަޅުވެތިކަމަކީ ނިކަމެތިކަމެއް
އައްބާސް މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް އަޅުވެތިކަމަކީ ނިކަމެތިކަމެއް / ސޯޝަލް މީޑިއާ

އައްބާސް މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް: އަޅުވެތިކަމަކީ ނިކަމެތިކަމެއް

Mariyam Isaadha
މަރިޔަމް އިސާދާ
Apr 19, 2026, 03:08 PM
މާލެ ސިޓީ

ޕީއެންސީގެ މަޖިލިސް މެމްބަރުން ތިބި އަމިއްލަ ބާރު ކެނޑި އަޅުވެތިވެފައިވާކަމަށް ސިފަކުރައްވާ އެއީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސިފަކުރައްވައިފިއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވީ އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުން ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ކަމަށް ބުނެ ޕީއެންސީއިން ބޭއްވި ޖަލްސާގައި މަޖިލިހުގެ މެމްބަރުންނަށް ރައީސާ އެއް ސަފުން ޖާގަނުދީ ފަހަތު ބަރީގައި ބައިތިއްބާފައި ތިބި މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވެފައިވަނީ، ރައްޔިތުން އިންތިހާބުކުރި މެމްބަރުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓެންޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުންގެ ހާލަތު މިއަދު އޮތީ ވަރަށް ބޮޑަށް ގޯސްވެ، މިނިވަންކަން ގެއްލިފައެވެ.

މީގެ އިތުރުން  މަޖިލިސް މެންބަރުން މިފަދަ ހާލަތަކަށް ވެއްޓުނީ ހަމަ ކާނެ އެއްޗެއް ގޭގައި ނެތިގެންތޯ ނުވަތަ އެބޭފުޅުން ތިއްބެވި ނިކަމެތިކަމެއްގެ ސަބަބުންތޯ އައްސަވާ ސުވާލުކުރައްވަމުން އައްބާސް ވަނީ އަޅުވެތިކަމަކީ ނިކަމެތިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވ.

އޭނާ ވިދާޅުވީ، ގައުމުގެ ހާލަތާމެދު ފުންކޮށް ވިސްނާ ބަޔަކަށް ދައުލަތުގެ މުހިއްމު ގުނަވަންތަކަށް، ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހަށް ޖެހިފައިވާ މި ބަލިމަޑުކަމާއި ނިކަމެތި ހާލަތު ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ ކަމަށެވެ.

 ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ތިބި މެންބަރުން، ވަކި ބައެއްގެ ނުފޫޒުގެ ދަށުވެ ނުވަތަ އަމިއްލަ އެދުމަށްޓަކައި މަސައްކަތް ކުރަމުންދާ ދިއުމަކީ ގައުމުގެ ކުރިމަގަށް އޮތް ބިރެއްގެ ގޮތުގައި އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ މިއީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ ފަރާތްތަކުން އެނބުރި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ވަގުތު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.  

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، އާންމުކޮސް ދާއިރާތަކުގައި ބާއްވާ ހަފްލާތަކުގައި ރައީސްއާ އެންމެ އަރިސްކޮށް ތިއްބާވާނީ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންނާ ކައުންސިލަރުން ކަމަށްވީ ނަމަވެސް ރަސްދޫގައި އޮތް ހަފްލާގައި އެބޭބޭފުޅުން ބައިތިއްބާފައިވަނީ ރައީސްގެ ގޮނޑިކޮޅުގެ ފަހަތު ބަރީގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved