April 19, 2026
Advertisement
.
.

އީރާނާ ގުޅުން އޮންނަ ބޯޓުތަކަށް އެމެރިކާ ސިފައިން އަރަން ތައްޔާރުވަނީ

Yana Shareef
ޔާނާ ޝަރީފް
Apr 19, 2026, 03:58 PM

އީރާނާ ގުޅުން ހުރި ތެޔޮ ބައުޒަރުތަކަށް އަރައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރު ކުރާ ވިޔަފާރި އުޅަނދުތައް އަތުލުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

Advertisement

ނަމަވެސް އަލްޖަޒީރާއިން ވަނީ އެ ރިޕޯޓު ކަށަވަރު ކުރެވިފައި ނުވާ ކަަމަށް ބުނެފައެވެ.

މިފަދަ ރިޕޯޓެއްގެ ވާހަކަ ދެކެވެމުން އަންނައިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ ދުނިޔޭގެ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުުހިންމު ކަނޑުއޮޅިއެއް ކަަމަށްވާ ހޮރްމޫޒް ސަރަހައްދު އަލުން ބަންދު ކުރަން ނިންމައިފައެވެ.

އީރާނުން މިކަން އިއުލާން ކޮށްފައި ވަނީ އެ ކަނޑުއޮޅި ހުޅުވިކަން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ކާމިޔާބު ނުވުމުން އެމެރިކާ އިން ވަނީ ހޮރްމޫޒް ކަނޑުއޮޅި އާއި ގަލްފުގެ ކަނޑުއޮޅިގައި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved