
ވޭޕް މަނާ ކުރި ހެން ރާއްޖެ އެތެރެ ކުރުން ދެން މަނާ ކުރާނީ އެލް ސޯފާތޯ އައްސަވާ ކުރީގެ ނަިއބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިންދައިފައިން ސޯފާ ފުލުހުންވަނީ އިހުތިޖާޖުގެ ތެރެއިން ގެންގޮސްފައެވެ. އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއް ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ކުރިން ވޭޕް މަނާކުރީވެސް ރައީސް މުހައްމަދު މުއިއްޒާ ފަރސްޓު ލޭޑީ ސާޖިދާ މުހައްމަދުގެ އަމިއްލަ މަސްލަޙަތެއް އޮވެގެން ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބިގެން ހިނގައްޖެ ކަމަށެވެ.
ހަމައެހެންމެ އެލް ސޯފާ ޕީއެންއެފްގެ އިޙްތިޖާޖުގެ ތެރެއިން ފުލުން ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެލް ސޯފާ ފުލުހުން މެދުވެރިކޮށް ގެންދިއުމުން ދޭހަވަނީ ސޯފައކާ ގުޅުވާ ރައިސުލްޖުމްހޫރިއްޔާއަށް ދާދި ފަހުން އަމާޒުވެގެން ދިޔަ ތުހުމަތުތަކަކީ ހަގީގަތް އެކުލެވޭ ކަމެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










