
ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ތިބީ އަސާސީ ހިދުމަތްތައްވެސް ކަށަވަރު ނުވެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗެނަލް13އިން ގެނެސްދޭ ވީކެންޑް ވިތު ޑރ ޖަމީލު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ ޖަމީލު ވިދާޅުވީ، ގައުމު ކުރިއަރުވަން ބޭނުންނަމަ އެންމެ ފުރަތަމަ ވެރިން ތަރައްގީކޮށް ކުރިއަރުވަން ޖެހޭނީ ރައްޔިތުންގެ ހާލަތު ކަމަށާ މިއަދު މި ގައުމުގައި ރައްޔިތުން ތިބީ ނުހަނު ނިކަމެތިކޮށް ކަމަށެވެ. ޑރ ޖަމީލު ވިދާޅުވީ، ގައުމު ޑިޖިޓަލައިޒުކޮށްގެން ރައްޔިތުންގެ ހާލަތަށް އަންނާނެ ހެޔޮ ބަދަލެއް ނޯންނާނެ ކަމަށާ އޭގެ ބަދަލުގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅުކޮށް އަސާސީ ހިދުމަތްތައް ކަށަވަރުކޮށް ދިނުމަކީ ވެރިންގެ ޒިންމާ އެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ ޖަމީލު ވިދާޅުވީ ދެ އަހަރާ ބައިވެގެން ސަރުކާރަށް ދާއިރު ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަސް ގެއްލިފައިވާ ކަމަށެވެ.










