July 16, 2026
Advertisement
ގައުމެއްގެ ވެރިއަކީ ހެޑްލައިންތަކުގެ ތެރޭގައި ފަތަފަތާ އޮންނަ މީހަކަށްވެގެން ނުވާނެ: ޑ. ޖަމީލު
ގައުމެއްގެ ވެރިއަކީ ހެޑްލައިންތަކުގެ ތެރޭގައި ފަތަފަތާ އޮންނަ މީހަކަށްވެގެން ނުވާނެ: ޑ. ޖަމީލު / ޝަފްރާޒް | ތޭރަ އިމޭޖްސް

ގައުމެއްގެ ވެރިއަކީ ހެޑްލައިންތަކުގެ ތެރޭގައި ފަތަފަތާ އޮންނަ މީހަކަށްވެގެން ނުވާނެ: ޑ. ޖަމީލު

Jul 15, 2026, 06:54 PM
މާލެ ސިޓީ

ގައުމެއްގެ ވެރިއަކީ ހެޑްލައިންތަކުގެ ތެރޭގައި ފަތަފަތާ އޮންނަ މީހަކަށްވެގެން ނުވާނެ ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗެނަލް13 އިން ގެެނެސްދޭ ވީކެންޑް ވިތު ޑރ ޖަމީލު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެންއެފްގެ ވެސް ނައިބު ރައީސްކަން ކުރައްވާ ޑރ ޖަމީލު ވަނީ ސަރުކާރުގެ ހިންގުމާ މެދު ނުރުހުން ފާޅުކުރައްވާ ފާޑުވިދާޅުވެފައެވެ. ޑރ ޖަމީލު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގެ ވެރިންގެ ފަރާތުން ފެންނަނީ ނުވާވަރުގެ ކަންތައްތަކުގައި ހިފާ ދަމާ މުޅިންވެސް ހެޑްލައިން ހެދުމުގައި އުޅުއްވާ މަންޒަރު ކަމަށެވެ. އެގޮތުން ޑިޖިޓަލައިޒޭޝަން ބިލަށް އިޝާރާތް ކުރައްވާ ޑރ ޖަމީލު ވިދާޅުވީ އެއީ ރައްޔިތުންގެ ޒާތީ މައުލޫމާތު އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ސަރުކާރުން ޖަހާ ޗައްކަރެއް ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވި ޑިޖިތަލައިޒު ކުރުމުގެ ކުރިްނ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ފުރިހަމަ ކޮށްދިނުމަކީ ގައުމުގެ ވެރިންގެ ޒިންމާއެއް ކަަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ވެރިކަމަށް ދެ އަހަރާ ބައިވެގެން ދިޔައިރު މި ސަރުކާރަށް ރައްޔިތުންނަށް ފައިދާވަނިވި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާ އަބަދުވެސް ފެންނަނީ ބައިސާ ކަނޑަ މަންޒަރު ކަމަށެވެ. ގައުމުގެ ވެރިމީހާއަކީ އަބަދު މޮޅެތި ހެޑަލއިންތަކުން ޕްރޮމޯޝަން ލިބިގަންނަން ޖެހޭ މީހެއް ނޫން ކަމަށާ އޭގެ ބަދަލުގައި ވެރިމީހާ ޖެހޭނީ ގައުމަށާ ރައްޔިތުންނަށް ޚިދުމަތްތެރި މަސައްކަތެއް ކޮށޤދީގެން ރައްޔިތުންގެ ލޯބި ހޯދަން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ މިހާރުވެސް މި ސަރުކާރުގެ ސަބަބުން ގައުމަށް އެތައް ގެއްލުމެއް ވެއްޖެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved