March 19, 2026
Advertisement
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ / މިސްބާހް | ތޭރަ އިމޭޖްސް

މިއަދު އެންމެ ހޫނު ގަދައީ މާލެ ސަރަހައްދަށް: މެޓު އޮފީސް

Mariyam Isaadha
މަރިޔަމް އިސާދާ
Mar 16, 2024, 08:44 PM
މާލެ ސިޓީ

މާލެ ސަރަހައްދުގެ ފިނިހޫނުމިން 41.2 ޑިގްރީ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.

Advertisement

ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިން ބަލައި، މައުލޫމާތު ހާމަކޮށްފައިވާއިރު ފަސް ސަރަހައްދުގެ ތެރެއިން އެންމެ ހޫނު ގަދައީ މާލެ ސަރަހައްދަށެވެ. އެ މައުލޫމާތުން ހާމަވާ ގޮތުގައި، މިއަދު މާލެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 41.2 ޑިގްރީ ސެލްސިއަސްގައިއެވެ.

ކާޑެއްދޫގެ ފިނިހޫނުމިން 31.0 ޑިގްރީގައި ހުރި އިރު، އައްޑޫސިޓީ ގަމުގެ ފިނިހޫނުމިން ހުރީ 31.6 ޑިގްރީގައި އެވެ. އަދި ކައްދޫގެ ފިނިހޫނުމިން 31.1 ޑިގްރީގައި ހުރި އިރު ހަނިމާދީގެ ފިނިހޫނުމިން ހުރީ 31.9 ޑިގްރީގައިއެވެ.

ހޫނު މޫސުމުގައި ވައިގެ ތެތްކަން މަތިވުމުން ފިނިކަން އިހުސާސްވާވަރު ކުޑަވާނެއެވެ. އަދި ބޮޑަށް އިހުސާސް ކުރެވިގެން ދާނީ ހޫނުކަމެވެ.

މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މި އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފައި ކަމަށެވެ.

ކުރިއަށް މިއޮތް އޭޕްރިލް މަހުގައި ރާއްޖޭގެ ފިނި ހޫނުމިން ދުވާލަކު ތިން ފަހަރު އަޕްޑޭޓު ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައިއެވެ.

ހޫނު ގަދަ މޫސުމާ ކުރިމަތިލާ އިރު ރަނގަޅަށް ފެން ބޮއިން އަދި މާ ގިނަ ވަގުތު ހޫނުގައި ނޫޅުމަަށް އިސްކަން ދޭން ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved