March 10, 2026
Advertisement
ޗައިނާގެ ބޮޑު ވަޒީރު
ޗައިނާގެ ބޮޑު ވަޒީރު / ސޯޝަލް މީޑިއާ

އިރާނުގެ އައު ލީޑަރަށް އެއްވެސް ހަމަލާއެއް ދީގެން ނުވާނެކަމަށް ޗައިނާއިން ބުނެފި

Yana Shareef
ޔާނާ ޝަރީފް
Mar 9, 2026, 10:59 PM

އީރާނުގެ އާ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީއަށް އެއްްވެސް ހަމަލާއެއް ދިނުމާ ދެކޮޅު ކަމަށް ޗައިނާއިން ބުނެފިއެވެ.

Advertisement

ޗައިނާއިން މިހެން ބުނީ މީގެ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ކުރިން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގައި އަވަހާރަވި ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ފަހު އެ މަގާމަށް އަންނަ ކޮންމެ މީހަކަށް އަމާޒުކޮށްދޭނެ ހަމަލާ ދޭނެ ކަމުގެ އިންޒާރު އިސްރާއީލާއި އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިސްރާއީލުން އެ ގައުމުގެ އާ ލީޑަރެއްގެ ގޮތުގައި ކަނޑައެޅީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުން މުޖްތަބާ ޚާމަނާއީއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޒުވާން މުޖްތަަބާ މި މަގާމަށް އައްޔަން ކުރަން އީރާނުން ނިންމީ އެގައުމުގެ ގާނޫނުއަސާސީގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved