April 22, 2026
Advertisement
އިންޑިއާގެ ގޭޓު ބާސްމަތީ ހަނޑުލުގައި ވިހަ މާއްދާއެއް، ސަމާލުވޭ!
އިންޑިއާގެ ގޭޓު ބާސްމަތީ ހަނޑުލުގައި ވިހަ މާއްދާއެއް، ސަމާލުވޭ! / ސޯޝަލް މީޑިއާ

އިންޑިއާގެ ގޭޓު ބާސްމަތީ ހަނޑުލުގައި ވިހަ މާއްދާއެއް، ސަމާލުވޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 22, 2026, 03:44 PM
މާލެ ސިޓީ

އިންޑިއާގެ ގޭޓު ބާސްމަތީ ހަނޑުލުގައި ވިހަ މާއްދާއެއް އެކުލެވޭ ކަމާ އޭގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ހާމަކޮށްފިއެވެ.

Advertisement

އިންޑިއާގެ ފިޓްނެސް ޓްރެއިނަރއެއް ކަމަށާވާ ދީޕަކް ތަކްރާން އޭނާގެ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ވީޑިއޯއެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާ ގޭޓު ބާސްމަތީ ހަނޑުލުގެ ތަހުލީލުތަކެއް އޭނާ ކުރުވާފައިވާ ކަމަށާ އެ ތަހުލީލުތަކުން ހާމަވާ ގޮތުގައި، ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑް އޮތޯރިޓީސް އޮފް އިންޑިއާ (އެފްއެސްއޭއައި)ގެ މިންގަނޑުތަކާ ޚިލާފުކަމަށެވެ. އެގޮތުން އެ ހަނޑުލުގައި ތިއޮމެތިއޮއެކްސެމް ކިޔާ ޕެސްޓިސައިޑް ހަނޑުލުގައި ހިމެނޭ ކަމަށާ އެފްއެސްއެސްއޭއައިގެ މިންގަޑަށް ވުރެ އެ ޕެސްޓިސައިޑްގެ މިންވަރު ހަނޑުލުގައި 2.5 ގުނަ އިތުރު ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ތަހުލީލުތަކުންނާ އަދި ސިއްހީ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި އެ ޕެސިޓިސައިޑުގެ ސަބަބުުން ނާރުގެ ނިޒާމަށާ ސިކުނޑީގެ ހެދި ބޮޑުވުމަށް އަސަރުކުރުވާ ކަމަށާ ކުރީގެ ބެޗުތަކަށް ވުރެ މިހާރު ބާޒަރަށް ނެރެމުންދާ ބާސްމަތީ ހަނޑުލުގައި މި ޕެސްޓިސައިޑުގެ މިންވަރަށް އިތުރުވަމުން އަންނަކަން ވެސް ދީޕަކުގެ ވީޑިއޯގައި ހާމަކޮށްފައިވެއެވެ.

އިންޑިއާ ބާޒަރުގައި އެއް ނަމްބަރު ބާސްމަތީ ހަނޑުލުގެ ގޮތުގައި ގިނަ ބަަޔަކު ގަބޫލުކުރާ އިންޑިއާ ގޭޓު ބާސްމަތީ ހަނޑުލަކީ ރާއްޖޭގައިވެސް ގިނަ ބަޔަކު ބޭނުން ކުރާ ހަނޑުލަކަށްވުމުން މިއީ ސަމާޅުވާން ޖެހޭ ކަމެކެވެ. މިކަމާ ގުޅިގެން އަދި ރާއްޖޭގެ ސިއްހީ އިދާރާއަކުން އެއްޗެއް ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved