
އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް ހާމަކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ އިއްޔެއިން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް އައިވީއެފްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން އައިޔޫއައިގެ ހިދުމަތަށް އޮތީ ހުޅުވާލާފައެވެ.
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު"ގެ ދަށުން މި ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ 3 (ތިނެއް) ފަހަރަށް ކަަމަށެވެ.
މި ހިދުމަތްތަކަށް އެހީ ފޯރުކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން 2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށްވެސް ބުނެފައިވެއެވެ.
އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.










