theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް ކަންކަން ނުހިންގާކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
23 ޑިސެމްބަރު 2025
މާލެ ސިޓީ

ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް ކަންކަން ނުހިންގާކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުކޮށްފިއެވެ.

މިކަން މިގޮތަށް ހިނގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރަން ބާއްވަމުން ދިޔަ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައެވެ.

ގައުމީ ޚިދުމަތުގައި އުމުރު ދިގު މުއްދަތެއްގެ ހޭދަ ކުރައްވާފައިވާ އަހުމަދު ޝާޒު (ތަޖޫބެ) ވަނީ އެ ބައްދަލުވުުުގައި މި ސަރުކާރުން ވެސް އަދި ކުރީ ސަރުކާރުތަކުންވެސް ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އަބަދު ސަލާން ޖަހަން މަޖްބޫރުކުރާ ކަމުގެ ތުހުމަތު އަމާޒުކުރައްވާފައެވެ.

ރާއްޖޭގެ މަޝްހޫރު ކޮމެޑިއަންގެ ރޯލުވެސް އަދާކުރަމުން އަންނަ ޝާޒު ވިދާޅުވީ، ރައްޔިތުން ސިއްހީ ކަންކަމަށް އެދި ސަރުކާރުގައި އާދޭސް ދަންނަވަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އާސަންދަ ލިބެން ޖެހޭ ކަންކަމުގައި އާންމު ފަރުދުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ތުހުމަތު ކުރައްވާ އޭނާވަނީ އަމިއްލަ ތަޖުރިވާ އެކަމުގައި ހިއްސާކުރައްވާފައެވެ.

މީގެ ފަސް މަސް ކުރިން އޭނާ އިންޑިއާއަށް ދިޔައީ އަންހެނުންގެ ބޭސްފަރުވާ އަށް ކަމަށެވެ.

"އަޅުގަނޑު ދެ ފަހަރު އެދިގެން ވެސް އާސަންދަ ނުލިބުނު, ދެން ޑރ އަންހެނުންގެ ހާލަތު ބަދަލުވެއްޖެ ކަމަށް އެންގި އަދި އެމަޖެންސީކޮށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް, ޑރ ވިދާޅުވީ ރޮބެޓިކް ސާޖަރީއެއް ކުރަންޖެހޭނެއޭ, އާސަންދައިން ބުނަނީ ރޮބެޓިކް ސާޖަރީއަށް ތިމަންނަމެން ފައިސާ ނުދެމޭ." ޝާޒު ވިދާޅުވިއެވެ.

އެންމެ ފަހުން 4 ލައްކަ ރޫޕީސް ދައްކާފަ އަންހެނުން އޮޕަރޭޝަން ކުރީ އަމިއްލަ ހަރަދުގައި ޝާޒު ވިދާޅުވިއެވެ.

ޝާޒު އިތުރަށް ވިދާޅުވީ ބޭސް ސިޓީގެ ބޭހަށް ވެސް ޖެހެނީ ސަލާން ޖަހަން ކަމަށެވެ. އަދި މިއީ ތަންތަނާ ހަވާލުވާ ވެރިންގެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެން އެންސްޕާއިން ހެދީ ހީލަތެއް މަކަރެއް އޮޅުވާލުމެއް، ހެއްދެވި ގޮތަކީ އަނގައިން ނުބުނެ މަޑުކޮށްލައިގެން ތިބީ، 5 ދުވަސް ފަހުން ބުނީ ކޮށްފައި އޮތް ހަރަދަކަށް ފައިސާދެވެން ނެތޭ، މީތޯ ބޭސްފަރުވާ އޮތް ގޮތަކީ؟ ކިހާ ރީތިތޯ؟

- ޝާޒު ވިދާޅުވިއެވެ.

ޝާޒު ވަނީ މާލެ ސިޓީގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލެ ނުގެންގޮސް ލަސްކުރާ ކުރުމާ މެދުވެސް ނުުރހުން ފާޅުކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ އެހެން ހުރިހާ ރައްޔިތުންގެ ބެލެނިވެރިން ގާނޫނުން އެނގެން އޮންނައިރު ހުޅުމާލޭގެ ރައްޔިތުންނަކީ ކުންފުންޏެއްގެ ދަށުގައި ތިބި ބައެއް ކަން ފާހަގަކޮށް އެހެންކަމުން ހުޅުމާލޭއަށް ބޮޑެތި ތަރައްގީ ގެނެސް ރައްޔިތުންނަށް ފައިދާ ކުރުވަނިވި ކަމެއް ކުރުމުގެ ވިސްނުން ކުންފުންޏަކުން ނުގެންގުޅޭކަމަށް ވިދާޅުވެފައެވެ.

އެއީ ވިޔަފާރި ކުންފުންޏަކަށް ވާތީ، އެޗްޑީސީން ބަލަނީ ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved