theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު ޗެނަލް 13 ގެ ނިއުސް ޓޯކު ޕްރޮގްރާމެއްގައި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
މުއިއްޒު އުޅެނީ ޗެނަލް 13 އާ ރައީސް ޔާމީން ދައްކާ ވާހަކަ ހުއްޓުވަން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
20 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިޔާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ގެނައި ބިލަކީ އަބުރު ރައްކާތެރިކުރަން ގެނައި ބިލެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށާ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ ޗެނަލް 13 އާ ރައީސް އަބްދުﷲ ޔާމީންވެސް ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކާތީ އެކަން ހުއްޓުވަން ގެނައި ބިލެއް ކަމުގައި، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެބެ.

ބުރާސްފަތި ދުވަހު ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، މިނިވަން ޚިޔާލާ ފިކުރުގައި ތަޅު އަޅުވާ ނޫސްވެރިކަން ވަޅުލަން ފާސްކުރި ބިލު ގާނޫނަށް ހަދައިގެން އުޅެނީ ރައީސް ޑރ މުހައްމަދު އާ ސަރުކާރުގެ އެކި އެކި ވެރިންނާ ގުޅިގެން ކުރިއަށް ގެންދާ ވައްކަމާ ކޮރަޕްޝަންގެ ވާހަކަ ޗެނަލް 13 އާ ރައީސް ޔާމީންވެސް ޕީއެންއެފްގެ ޖަލްސާތަކުގައި އާންމު ރައްޔިތުންނާ ހަމައަށް ތިލަކޮށްދީ އޭގެ ޕްރެޝަރ ސަރުކާރަށް ފޯރަން ފެށުމުން އެކަންކަން ހުއްޓުވުމަށް ކަމަށެވެ.

އެގޮތުން ފެނަކަ އާ މޯލްޑިވްސް ގޭސް އާ އެޗްޑީސީގެ ގޯތި ވައްކަމާ އެމްޕީއެލުގައި ވަޖީހު ހުރެ ކުރި ވައްކަންތަކާ އަދި މިހާރު އެމްއޭސީއެލުގެ ތެރެއިން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކާ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުން، ރައީސް މުއިއްޒަށް ޕްރެޝަރވެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަން ޖެހުމުން އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ބިލެއް ފާސްކޮށް އެންމެންގެ އަނގަ ބަންދުކުރަން މަސައްކަތް ފެށީ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ހުޅުވާލެވިފައިވާ ޑިމޮކްރެޓިކު މުޖުތަމައުތަކުގައި ވެރިން ހިންގާ އެފަދަ ކަންކަމުގެ ވާހަކަ ހާމަކަން ބޮޑުކޮށް ދެއްކެން އޮންނަ ކަމަށާ އެއީ އަބުރު ކަތިލުން ނޫން ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބިލު ހަގީގީ މަގްސަދަކީ ހަމަ އަސްލުގައިވެސް އަބުރު ހިމާޔަތްކުރުން ކަމުގައިވާނަ، އެކަން މިހާރުވެސް ގާނޫނުގައި ރައްކާތެރިކޮށްދޭ ކަމަށާ އެގޮތުން އަބުރަށް ހުތުރު އަރުވާގެއްލުން ލިބިއްޖެ ނަމަ އެ މީހަކަށް އެ މައްސަލަ ހިފައިގެން ކޯޓުތަކުގެ ދޮރުން ވަދެވޭނެ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved