
އަދަދު ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް މިރޭ ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.
މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން މިއަދު ޕްރެސް ބްރީފިންގައި މުއިއްޒުއާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.
އަދަދު" އިން ބުނީ މިިދިޔަ މާޗް މަހު ދެއްކި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަދަދުގެ އޮފީސް ހިންގާ އިމާރާތުގެ ބޭރުގަ އާއި އެތެރޭގައި ވެސް ދަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ.










