May 3, 2026
Advertisement
މަތިބަރެއް ނޫން، އެކަމަކު 23،000 ވަޒީފާ އުފައްދައިފި!
މަތިބަރެއް ނޫން، އެކަމަކު 23،000 ވަޒީފާ އުފައްދައިފި! / ރައީސް އޮފީސް

މަތިބަރެއް ނޫން، އެކަމަކު 23،000 ވަޒީފާ އުފައްދައިފި!

May 1, 2026, 05:59 PM
މާލެ ސިޓީ

ޕިއެންސީގެ މި ސަރުކާރަކީ ޚަރަދުކުޑަ ސަރުކާރަކަށް ހަނދާނެކަމުގެ ވައުދާ އެކު އައި ސަރުކާރެއް ނަމަވެސް މި ސަރުކާރަށް ދެ އަހަރާ ބައިވެގެން ދިޔައިރު 23،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަން ހާމަކޮށްފިއެވެ.

Advertisement

މިކަން ހާމަކުރައްވާފައިވަނީ، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފޮނުއްވި ޚިޠާބުގައެވެ.

އެ ޚިޠާބުގައިވާ ގޮތުން، ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންނާއެކު 23،000 ވަޒީފާގެ ބޮޑު އިންސައްތައަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން އުފެއްދި ވަޒީފާތައް ކަމަށް ބެލެވެއެވެ.

ޚިތާބުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަންކަން ކިޔައިދެއްވާފައެވެ. މި ގޮތުން، ސްކޫލު ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލު ގާއިމުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމުރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

 ޚިޠާބު ނިންމަވާލެއްވީ، 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ކުރާ މަސައްކަތުގައި، ހުރިހާ ދިވެހި މަސައްކަތްތެރިން ހީވާގިކަމާއެކު ޢަމަލީ މައިދާނަށް ނުކުމެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ސީދާ އަދަދު ހާމަކުރުމަށް އުޒުރުވެރިވި ނަމަވެސް ރައީސްގެ މިޚިތާބުން މިވަނީ، 700 އަށް ވުރެ ސިޔާސީ މަގާމުތައް ބޮޑުތަނުން އިތުރުކަން ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved