March 19, 2026
Advertisement
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި.
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

މަޖިލީހުގައި އޮންނަންޖެހޭނީ އެންމެ ބާރެއް،އެއީ ރައްޔިތުންގެ ބާރު: ޑރ. އަބްދުﷲ

Aishath Naja
އައިޝަތު ނަޖާ
Mar 17, 2024, 10:35 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގައި އޮންނަން ޖެހޭނީ އެންމެ ބާރެއް ކަމަށާއި އެ ބާރަކީ ރައްޔިތުންގެ ބާރު ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. އަބްދު ﷲ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ގާނޫނު ހަދާ މަޖިލިސް އަކީ ރައްޔިތުންގެ މަޖިލީހަށް ވާއިރު އެތަނުގައި ރައްޔިތުންގެ ބާރު ފިޔަވާ އިތުރު އެއްވެސް ބާރެއް އޮވެގެން ނުވާނެކަމަށް ޑރ.އަބްދުﷲ ގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ޚާއްސަކޮށް ސަރުކާރުގެ ބާރަކީ މަޖިލީހުގައި އޮންނަންވާނެ އެއްޗެއް ނޫންކަމަށް ޑރ އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ބާރު އެތަނެއްގައި އޮންނަ ކަމުގައި ވަނީނަމަ އެތަނަކީ ރައްޔިތުންގެ މަޖިލީހެއް ނޫންކަމަށްވެސް ޑރ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ސަރުކާރުން ގޮވާލަމުން އަންނައިރު ސަރުކާރުގެ ކެންޑިޑޭޓުންނެެއް ނުތިބޭނެކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ސަރުކާރަށް ސަނާ ކިޔާ ބަޔަކު މަޖިލީހަށް ހޮވައިފި ކަމުގައިވާނަމަ ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

މިސާލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން އަންނަނީ އަދުގެ މަޖިލިސް މެޖޯރިޓީ ނިސްބަތްވާ އެމްޑީޕީ ދައްކަމުންނެވެ. ނިމިދިޔަ ފަސް އަހަރު އެމްޑީޕީގެ ވެރިކަމުގައި ހިނގި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަތައް ވެސް އެމްޑީޕީގެ ބޮޑު އަގުލައްބިއްޔަތު އޮންނަ މަޖިލީހުން ފާހަގަކޮށް އެޔާ ދެކޮޅަށް ވާހަކައި ދައްކާފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved