May 3, 2026
Advertisement
މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުމަށް ކަމަށް ބުނެ ފީއެއް ނަގަނީ!
މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުމަށް ކަމަށް ބުނެ ފީއެއް ނަގަނީ! / ރައީސް އޮފިސް

މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުމަށް ކަމަށް ބުނެ ފީއެއް ނަގަނީ!

May 2, 2026, 08:36 PM
މާލެ ސިޓީ

މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުމަށް ކަމަށް ބުނެ ފީއެއް ނަގަން ނިންމާފައިވާ ކަމަށް މޯލްޑީވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން އިން ހާމަކޮށްފިއެވެ.

Advertisement

މި ފަދައިން ހާމަކޮށްފައިވަނީ،  ކޮމިޝަނުގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

އަޝްރަފު ހާމަކުރެއްވި ގޮތުގައި، މީގެ ކުރިން އެއްވެސް ފީއަކާ ނުލައި ކުރަމުން އައި ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ މަސައްކަތަށް މިހާރު އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުން ކަމަށެވެ.

މި އުސޫލުގެ ދަށުން ނޫހެއް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީކޮށްދޭނީ 5 އަހަރުގެ މުއްދަތަށެވެ. މަޖައްލާތަކަށް ކަނޑައަޅާފައިވާ ފީއަކީ 3،750 ރުފިޔާއެވެ. މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަނަކާ ގުޅޭ އިދާރީ މަސައްކަތްތަކަށް (ޕްރޮސެސިން ފީ) 100 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

މީޑިއާ ކޮމިޝަނުން ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލާފައެވެ. އެގޮތުން ދަފްތަރުވުމަށް ދީފައިވަނީ، ހަ މަސްދުވަހުގެ މުއްދަތެކެވެ.

ނޫސްތަކުން ރަޖިސްޓްރީކުރާއިރު 5،000 ރުފިޔާގެ ފީ ބޮޑުކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved