May 3, 2026
Advertisement
މުޖުތަމައަށްޓަކައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސް ޔާމީންގެ ޝުކުރާ ތައުރީފު!
މުޖުތަމައަށްޓަކައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސް ޔާމީންގެ ޝުކުރާ ތައުރީފު! / ރާއްޖެއެމްވީ

މުޖުތަމައަށްޓަކައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސް ޔާމީންގެ ޝުކުރާ ތައުރީފު!

May 3, 2026, 03:41 PM
މާލެ ސިޓީ

ދިވެހި މުޖުތަމައަށްޓަކައި ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޝުކުރު އަދާކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނުގެ ޝުކުރު ނޫސްވެރިންނަށް އަދާކުރައްވާފައިވަނީ، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން މީޑިޔާތަކަށް ފޮނުއްވި މެސެޖުގައެވެ

ރައީސް ޔާމީންގެ ކުރު އެހެން ނަމަވެސް ދުވަހގެ ޚާއްސަ މެސެޖުގައި ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އާއި، މުހިއްމު ޤައުމީ މައްސަލަތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ރާއްޖޭގެ ނޫސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެެއް ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭ ވަނީ މި އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފައިކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަޅުލައިފިކަން ދޭހަވާ ފަދަ ގޮތަކަށް ނޫސްވެރިންގެ ބެލެނިވެރި ޖަމްއިއްޔާ އެމޖޭއޭއިން ވެސް ވަނީ ހިމޭން އިހުތިޖާޖެއްވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved