July 7, 2026
Advertisement
ފޮއްތެޔޮ ތަރައްގީ ކުރަނީ އަޑި ނޭނގޭ ސްކޯޕެއްގެ ތެރެއިން: ރައީސް ޔާމީން
ފޮއްތެޔޮ ތަރައްގީ ކުރަނީ އަޑި ނޭނގޭ ސްކޯޕެއްގެ ތެރެއިން: ރައީސް ޔާމީން / ތޭރަ އޮންލައިން

ފޮއްތެޔޮ ތަރައްގީ ކުރަނީ އަޑި ނޭނގޭ ސްކޯޕެއްގެ ތެރެއިން: ރައީސް ޔާމީން

Jul 7, 2026, 02:41 PM
މާލެ ސިޓީ

ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ވ. ފޮއްތެޔޮ ފަޅުން 400 ހެކްޓަރު ހިއްކައި ރިސޯޓެއް ތަރައްގީ ކުރަނީ ފަތުރުުވެރިކަން ކުރިއަރުވަން ނޫން ކަމަށާ އެކަމުގެ ފަހަތުގައި އަޑި ނޭނގޭ ކަމެއް އުޅޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނުގެ މި ފަދަ ތުހުމަތެއް އަމާޒުކުރެއްވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި އެ ޕާޓީގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ 400 ހެކްޓަރުގެ ބިމަކީ ހުޅުމާލޭ ފޭސް އެކެއް އަދި ހުޅުމާލޭ ފޭސް ދޭއް އެއްކޮޅުމިން ވާވަރުގެ ބޮޑު ބިމުގެ ސަރަހައްދެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ވަރުގެ ބޮޑު ފަޅެއް ހިއްކާނީ އެހެންކަމުން ރިސޯޓެއް ތަރައްގީކޮށް ފަތުރުވެރިކަން ކުރިއަރުވަން ނޫން ކަމަށާ އޭގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާނެކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު އމާޒުކުރެއްވި އެއް ތުހުމަތަކީ ބޭރުގެ ފަރާތްތަކާ ބޭރުގެ މިލިޓަރީ އެތަނުގައި ބޭއްތިއްބުމެވެ.

ރައީސް ޔާމީން ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ނަަރު ހިންގަވާ ލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ބިން އެމީހުންނަށް ވިއްކުމަށް ފަހު ރާއްޖޭގޭ ގާނޫނީ ހުކޫމަތު އެމީހުންގެ މައްޗަށް ހިނގާނެތޯ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved