July 7, 2026
Advertisement
ރާއްޖެ މުއްސަދިކުރުމުގެ ނަމުގައި، ހުރި ބޮޑެތި ވަސީލަތްތައް ވިއްކާ، ޣާފިލުނުވޭ: ރައީސް ޔާމީން
ރާއްޖެ މުއްސަދިކުރުމުގެ ނަމުގައި، ހުރި ބޮޑެތި ވަސީލަތްތައް ވިއްކާ، ޣާފިލުނުވޭ: ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖެ މުއްސަދިކުރުމުގެ ނަމުގައި، ހުރި ބޮޑެތި ވަސީލަތްތައް ވިއްކާ، ޣާފިލުނުވޭ: ރައީސް ޔާމީން

Jul 5, 2026, 10:23 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ގަނެވޭނެ ފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެނެސްއެކަމަށް މަގު ފަހި ކުރަމުންދާ ދިއުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ރައީސް ޔާމީން ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތިމާމެންގެ އަމިއްލަ ވަޒަނުން ބިން ވިއްކަން ރާއްޖެއިން ވިސްނަމުންދާއިރު، އަރަބިންނަކީ ދިވެހިން އަބަދުވެސް ލޯބިވާ ބައެއް ކަމަށާ އެހެންކަމުން ފަލަސްތީނު އޮތް ހާލަތުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ޔަހޫދީންނާ ސަހްޔޫނީންވެސް ފަލަސްތީނަށް ހިޖުރަ ކުރީ ހާލުގައި ޖެހިގެން ކަމަށާ ނަމަވެސް އާޚިރުކަން ވެގެން ދިޔައީ އެ މާތް ބިމަށް ޔަހޫދީންގެ ބާރު ގަދަކޮށް ތަނުގައި ދިރިއުޅެމުން ދިޔަ މުސްލިމުންނަށް ދިރުއޅުމުގެ ހައްގުވެސް ލިބިގެން ނުދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އިންޑިއާއަކީ ވެސް އެފަދަ ގައުމެއް ނަމަވެސް އެ ގައުމުގައި އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާކަމަށާ ރާއްޖެއާ ބޭރުގެ ގައުމުތަކާ ހުރި އެކަނި އެއް ތަފާތަކީ ރާއްޖެއަކީ އެއް ނަސްލެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށްވުން ކަމުގައިވެފައި، ރާއްޖެއަށް އަޅުގަޑުމެންގެ އާދަކާދަތަކާ ބީރައްޓެހިބަޔަކު ގެނެސް އަޅުގަޑުމެންގެ ހުކޫމަތު އެމީހުންގެ މައްޗަށް ފޯރަފާނެ ކަމާ މެދު ވެސް އެމަނިކުފާނު ސުވާލު އުފައްދަވާފައެވެ.

އެހެންކަމުން ރާއްޖެ މުއްސަދިކުރުމުގެ ނަމުގައި، ހުރި ބޮޑެތި ވަސީލަތްތައް ވިއްކާ، ޣާފިލުނުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފޮއްތެޔޮ ލެގޫން ތަރައްގީ ޓުއަރިޒަމަށް ނޫން ކަމަށް ތުހުމަތު ކުރައްވާ އެވަރުގެ ބޮޑޫ ސަރަހއްދެއްގެ ހިންގުމުގެ ފަހަތުގައި އަޑީ ނޭނގޭ "ސްކޯޕެއް" އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved