March 18, 2026
Advertisement
ރަމަޟާން މަހުން ފަހެއް
ރަމަޟާން މަހުން ފަހެއް / މިސްބާހް | ތޭރަ އިމޭޖްސް

މާލެ ސަރަހައްދަށް އިހްސާސް ކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީގައި

Aishath Naja
އައިޝަތު ނަޖާ
Mar 17, 2024, 10:47 PM
މާލެ ސިޓީ

މިއަދު މާލޭ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީގައި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓް އޮފީހުން ބުނީ މި ދުވަސްކޮޅު އާންމު ގޮތެއްގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 40 އަށް ވުރެ މައްޗަށް ކަމަށެވެ.

މާރިޗް މަހަކީ ޚާއްސަކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުަވަސްވަރުކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މިއަދު 11:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސްކުރެވުނު ހޫނުމިން:

  • ހަނިމާދޫ - 42.5 ޑިގްރީ
  • ކައްދޫ - 31.3 ޑިގްރީ
  • ކާޑެއްދޫ - 40.7 ޑިގްރީ
  • ގަން - 38.7 ޑިގްރީ

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މާރިޗް އަދި އޭޕްރީލް މަހަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.

އެއީ ވިލާ މަދުވުމާއި، ވައި މަޑުވުމުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް މެޓުން މައުލޫމާތުދެޔެއެވެ.

އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް ވެސް މެޓްއިން ވަނީ ހާމަކޮށްފައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved