
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއި ކައިރިން އާގު ބޯޓަކަށް ހަމަލާ ދީފިއެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ގަލްފުގެ މުދާ އުފުލާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ނަން ހާމަ ކޮށްފައި ނުވާ އެ ބޯޓުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން މިނާ ސަގުރްގެ ހުޅަނގުން އިތުރު ހާދިސާއެއް ވެސް ރިޕޯޓް ކުރި ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.










