May 5, 2026
Advertisement
.
. / ސޯޝަލް މީޑިއާ

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާ މިރޭ ފުލުހަށް ހާޒިރުކުރަނީ

Yana Shareef
ޔާނާ ޝަރީފް
May 5, 2026, 12:06 PM

އަދަދު ނޫހުން ހެދި "އައިޝާ"  ޑޮކިއުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބުނާ އައިޝަތު އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

Advertisement

ފުލުހުން ފޮނުވި ޗިޓްގައި އީޝާ މިރޭ 9:00 އަށް ހުޅުމާލެ ޕޮލިސްއަށް ހާޒިރުވާން އަންގާފައިވެ އެވެ. މި ތަހުގީގުގައި 2 ގަޑިއިރާ 59 މިނެޓް ހޭދަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޝާގެ ނަމުގައި އަދަދު ނޫހުން ތައްޔާރުކުރި އެ ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫޙުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް އެތަނުގައި ހުރި ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި އެ އެންމެންގެ ޕާސްޕޯޓު ވެސް ވަނީ މިހާރު ހިފަހައްޓާފަ އެވެ.

މީގެއިތުުރުން ފުލުހުން ގެންދިޔަ އިލެކްޓްރޯނިކްސްގެ ޕާސްކޯޑްތަށް ދިނުމަށް ވެސް އަމުުރުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved