May 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތުރުކީގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި ޒަހަމްވި 11 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 5, 2026, 05:55 PM
މާލެ ސިޓީ

ތުރުކީގެ ކަހްރަމަންމަރާޝްގެ ސްކޫލަކަށް މިދިޔަ އޭޕްރީލް މަހު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ޒަހަމްވި އުމުރުން 11 އަހަރުގެ އަލްމީނާ އާގައޯގްލޫ، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި އަލްމީނާ ނިޔާވުމާ ގުޅިގެން، އެ ހަމަލާގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

Advertisement

މި ހަމަލާ ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަލާދިން މީހާ އަލްމީނާގެ ބޮލަށް ދެ ފަހަރަށް ބަޑިން ހަމަލާދީފައިވާއިރު، އޭނާ ނިޔާވީ އައިސީޔޫގައި ފުރާނަ ސަލާމަތްކުރުމަށް 18 ދުވަސް ވަންދެން ޑޮކްޓަރުން ކުރި މަސައްކަތަށް ފަހުގައެވެ. އަލްމީނާއަކީ މި ހަމަލާގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބުނު އެއް ކުއްޖާއެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުގެ ތާރީހުގައިވެސް ސްކޫލަކަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. މި ހާދިސާއާ ގުޅިގެން މުޅި ތުރުކީއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އަދި ގައުމުގެ ސަލާމަތީ ކަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އަލްމީނާ ނިޔާވި ޚަބަރާއެކު، ތުރުކީގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. މި ހަމަލާގެ ސަބަބުން ލިބުނު ފުން ހިތާމައިން އަދިވެސް އެ ގައުމު އަރައިގަނެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހަމަލާއާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved