އިންޑިއާ ނޫސްތަކުން ވެސް އަންނަނީ ތުރުކީއާދެކޮޅަށް ދޮގު މައުލޫމާތު ފަތުރަމުން / ވަޔަން
ސިޔާސީ, ދުނިޔެ
ހަނގުރާމައިން ގަދަވީ ޕާކިސްތާނު ކަމަށް ތުރުކީން ބުނާތީ އިންޑިއާ ނުރުހިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
18 މޭ 2025
މާލެ ސިޓީ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަވަސްކަމުގެ ތެރޭގައި މިފަހުން ހިނގި އަސްކަރީ ކުރިމަތިލުމުގައި މޮޅުވީ ޕާކިސްތާން ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނާތީ އިންޑިއާ ނުރުހިއްޖެ އެވެ.

އަދި ޕާކިސްތާނަށް ތާއީދު ކޮށް ތުރުކީން ވާހަކަ ދައްކާތީ އެ ގައުމު ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް އިންޑިއާގައި ފަށައިފަ އެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ޝެހްބާޒް ވިދާޅުވީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާގެ އަމަލުތަކަށް "ޕްރޮފެޝަނަލް އަދި ހަރުދަނާ ރައްދެއް" ދީފައިވާނެ ކަމަށެވެ.

އަދި ހަގުނގުރާމައިގެ "މޮޅަށް" ވާސިލް ވުމަށް ތުރުކީން ދެއްވި ވިސްނުމަށް ޝެހްބާޒް ވަނީ ޔުރުކީގެ ރައީސް އުރުދުގާން އަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ މި ވިދާޅުވުމަށް މުސްލިމު އާބާދީ ބޮޑު ބާރުގަދަ ތުރުކީ މީހުން އަންނަނީ "އާ ބަސް" ބުނަމުން ނެވެ. އަދި މާރަނގަޅަށް ވެސް އިންޑިއާ މިހާރު ވަނީ ސައިޒް ކުރެވިފާ ކަމަށް ތުރުކީން މީހުން ދެކެ އެވެ.

ޕާކިސްތާނުގެ ދިފާއުގައި ތުރުކީން ވާހަކަ ދައްކާތީ އިންޑިއާގައި ތުރުކީ ބޮއިކޮޓްކުރުމުގެ ކެމްޕޭން ހަރަކާތްތަކެއް ފުޅާވަމުން ވެސް އެބަ ދެއެވެ، އެގޮތުން އިންޑިއާ މީހުން ތުރުކީ އަށް ޗުއްޓީ އަށް ނުދާން ވެސް އަންނަނީ ގޮވަމުން ނެވެ.

އަދި ތުރުކީގެ ބައެއް ވިޔަފާރިތައް އިންޑިއާ އިން ބޭރުކުމުގެ މަސައްކަތް ފަށާ، އިންޑިއާގެ ބައެެއް ޔުނިވާސިޓީތަކުން ވަނީ ތުރުކީއާއެކު ހަދާފައިވާ އެެއްބަސްވުންތަކެއް ވެސް އުވާލައިފަ އެވެ.

އޭގެ ތެރޭގައި އިންޑިއާގެ ޖަވާހަރްލާލޫ ނެހްރޫ ޔުނިވަސިޓި އާއި ޖާމިއާ މިލިއާ ޔުނަވަސިޓީ އާއި މައުލާނާ އާޒާދު ނެޝަނަލް އުރީދޫ ޔުނިވަސީ ފަދަ ތަންތަނުން ވަނީ ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް އެއާޕޯޓްތަކުގައި ގްރައުންޑް ހޭންޑްލިންގެ ހިދުމަތް ދެމުން އަންނަ ތުރުކީގެ އޭވިއޭޝަން ކުންފުނި، ސެލެބީގެ ހިދުމަތްތައް ވެސް އިންޑިއާފައި ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. އަދި ޓްރެވަލް ކުންފުނިތައް، އިކްސިގޯ އާއި އީޒްމައިޓްރިޕުން ތުރުކީއަށް ކުރާ ހުރިހާ ބުކިންތަކެއް ހުއްޓާލައި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެ ތަނަށް ނުދިއުމަށް ދަތުރުވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ ހޫނުވީ މިދިޔަ މަހުގެ 22 ގައި ހަތިޔާރު އެޅި ޖަމާއަތަކުން، ކަޝްމީރުގެ އިންޑިއާގެ ފަޅީގެ ޕަހަލްގާމަށް ދިން ގަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން ޕާކިޮސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ވެސް މި މަހުގެ 8 ގައި ފެށި އެވެ.

އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. އިންޑިއާގެ ފަސް ޖެޓް ވައްޓާލުމަށްފަހު، ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved