March 26, 2026
Advertisement
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން. / އަލްއަރަބިއްޔާ

ނަތަންޔާހޫ އަކީ ތާރީހު ނުދެކޭ ފަދަ އަނިޔާވެރި ރަހުމުކުޑަ ކުށްވެރިއެއް: އުރުދުޣާން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 19, 2025, 04:49 PM
މާލެ ސިޓީ

ނަތަންޔާހޫ އަކީ ތާރީހުގައިވެސް ނުދެކޭ ފަދަ އަނިޔާވެރި ރަހުމުކުޑަ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

Advertisement

ސަހްޔުނީން އިސްވެ މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުރުދުޣާން ވިދާޅުވީ އުރުދުޣާން ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް އޭނާ ކުރައްވަމުން އަންނަ މަސައްކަތުގެ ދެމި ހުންނާނެ ކަމަށާއި ނަތަންޔާހޫ އަނެއްކާ ވެސް ދައްކައިދިނީ، އޭނާ އަކީ މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އޭނާ ކަން ކަމަށެވެ.

ނަތަންޔާހޫ އަކީ މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް އުރުދުޣާން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އުރުދުޣާން ވަނީ ނަތަންޔާހޫގެ އަމަލުތައް ކުށްވެރިކޮށް، އޭނާ އަކީ ކުށްވެރިއެއް ކަމަށް ބުނެފަ އެވެ.

އުރުދުޣާން ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށާއި، ނަތަންޔާހޫ އަކީ މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭ ފަރާތް ކަމަށެވެ.

އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ހިތާބެއްގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއި ވިދާޅުވީ ހަނގުރާމައެއްގެ ތެރެއަށް އިރާން ގަދަކަމުން ވެއްދީ އިޒްރޭލުން ކަމަށެވެ.

އިރާނާއި ސަހްޔޫނީން ދެމެދު ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ދިޔައީ، މިދިޔަ ހުކުރު ދުވަހު ސަހްޔޫނީން އިސްވެ އިރާނަށް ހަމަލާ ދިނުމުންނެވެ.

ހުކުރު ދުވަހު ސަހްޔުނީން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ހަމަލާތައް ދޭން ފަށާފައިވާއިރު، ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ, އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ހަމަލާތައް ބަދަލުކުރާތާ، ފަސް ދުވަސްވެފައިވާއިރު އީރާނުން ގާތްގަޑަކަށް 424 މީހުން މިހާތަނަށް ވަނީ ޝަހީދުފަ އެވެ. ސަހްޔުނީން މަރުވެފައި ވަނީ 35 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved