May 7, 2026
Advertisement
އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ, ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި
އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ, ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ, ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

May 7, 2026, 07:26 PM
މާލެ ސިޓީ

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ކުރިއަށް އޮތް އީދު ބަންދުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.

Advertisement

ޑރ. މުޙައްމަދު އަލީ މީސްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދުވަސްވަރު އިންފުލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑު ތަނުން އިތުރު ވެފައިވާ ކަމަށެވެ.

އީދު ބަންދުގެ ދެ ހަފުތާ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުން ޑޮކްޓަރު ވިދާޅުވީ ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ވަރު ނަގާނެ ކަމަށެވެ.

ޑޮކްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެެެއް ދިނުމަށް އެދިފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު އަށް މީހުން ޕޮޒިޓިވްވި ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ޓެސްޓުކުރެވޭ ނިސްބަތުން ބަލާއިރު ބަލި ފެތުރޭ މިންވަރު މަތިވަމުންދާކަން އަންގައިދޭ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved