އިންފްލުއެންޒާއަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ. އެޗްޕީއޭއިން އެދިއްޖެއެވެ.
އެޗްޕީއޭއިން ވަނީ ހުން އައިސް ރޯގާޖެހި މި އަލާމާތްތައް 3 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ފެނެއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ލަފާކޮށްފައިއެވެ.
ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެ. 🩺 pic.twitter.com/7yoUruozQh
— Health Protection Agency (@HPA_MV) June 25, 2024
އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.
އެޗްޕީއޭއިން ވަނި އިންފްލުއެންޒާގެ އަލާމާތްތައް ޕޯސްޓުކޮށްފައިއެވެ.
އެގޮތުން:
ހުން އައުން
ކެއްސުން
ކަރުގައި ރިއްސުން
ރޯގާ ފޭބުން އަދި ނޭފަތް ބެދުން
ހަށިގަނޑުގައި ރިއްސުން
ބޮލުގައި ރިއްސުން
ވަރުބަލިވުން
މި ރޯގާއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެވެ.