May 8, 2026
Advertisement
ރިޔާސީ ވައުދަކީ ހާލަތާ ގުޅިގެން ބަދަލުވާނެ އެއްޗެއް: މުންދު
ރިޔާސީ ވައުދަކީ ހާލަތާ ގުޅިގެން ބަދަލުވާނެ އެއްޗެއް: މުންދު / ރައީސް އޮފީސް

ރިޔާސީ ވައުދަކީ ހާލަތާ ގުޅިގެން ބަދަލުވާނެ އެއްޗެއް: މުންދު

May 7, 2026, 07:32 PM
މާލެ ސިޓީ

 ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވެފައި ހުންނަ ވައުދުތަކަކީ ރިޔާސީ ދައުރުގެ ތެރޭގައި ކަންކަން ބަދަލުވެ ތަރުތިބުވެގެންދާ ގޮތަކުން ބަދަލުވާނެ ކަންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.

Advertisement

މުންދު މިފަދައިން ވިދާޅުވެފައިވަނީ، 'ޕްރެސް ވިތް ސްޕޯކްސް' ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން މުންދު ވަނީ ރިޔާސީ ވައުދުތައް ނުފުއްދި ދިގުލައިގެންދާ ދިއުން ދިފާއު ކުރައްވާފައެވެ. އޭނާ ވިދާޅުވި، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތަކަކީ ޤައުމުގެ ޙާލަތާއި ވަގުތަށް ބަލައި ބަދަލު އަންނާނެ ކަންކަން ކަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް މުރާޖަޢާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުމަށް ވެފައިވާ ވަޢުދުވެސް ބަދަލުކޮށް އަދަދު އިތުރު ކުރިކަން ހާމަކޮށް މުންދު ވަނީ ޙާލަތަށް ބަލައި އެ ވައުދުވެސް ބަދަލުކޮށްފައިވާ ކަމަށާއި، ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް މުވައްޒަފުން މަދުކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ މަޢުލޫމާތުތައް ނުދެވޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.

މުންދު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކަކީ މިހާރު ވެސް އާންމުންނަށް ފެންނާނެހެން ޝާއިޢުކުރެވިފައިވާ ކަންކަމެވެ. ނަމަވެސް އެ ވަޢުދުތަކަކީ ސަރުކާރާ ހަވާލުވުމުގެ ކުރިން ވެވަޑައިގެންފައިވާ ކަންކަން ކަމަށްވުމާއެކު، އަމަލީ މައިދާނަށް ނުކުމެ ޙާލަތަށް ބަލައި ބައެއް ކަންކަން މުރާޖަޢާކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved