May 29, 2026
Advertisement
މުންދުއަށް މާލި ކަމުގޮއްސި، އެންމެން ވެސް މުންދުހެން ވެބަލަ!
މުންދުއަށް މާލި ކަމުގޮއްސި، އެންމެން ވެސް މުންދުހެން ވެބަލަ! / ތޭރަ އޮންލައިން

މުންދުއަށް މާލި ކަމުގޮއްސި، އެންމެން ވެސް މުންދުހެން ވެބަލަ!

May 28, 2026, 07:11 PM
މާލެ ސިޓީ

ކުޅުދުއްފުށި މަށިމާލި ފެރޭޑަކީ ކޮންމެ އަޟްހާ އީދެއްގައިވެސް ގިނަ ބަަޔކު އިންތިޒާރު ކުރާ އެއް ކުޅިވަރެވެ. ޚާއްސަކޮށް ގައުމުގެ އެކި ކަންކަމާ އެ ޕެރެޑޫގައި ފާޑުކިޔާ މާލިތައް ނެރޭ ނެރުމަކީ އެ ޕެރޭޑަށް އާންމުންގެ ޝައުގު އެންމެ ބޮޑަށް ހުންނަ މައިގަޑު ސަބަބެވެ.

Advertisement

މިފަހަރުގެ އަޟްހާ އީދުގައިވެސް ތަފާތު ގިނަ މާލިތަކެއް ކުޅުދުއްފުށި ސިޓީއިން ނެރުނެވެ. "ކަރަންޓު ރަހަލާ މަސްދަޅު"، "ފެންނަ ނުފެންނަ"، "އެމަނޖްެ ފޯނު ދަންވަރު ގުޅާ ސޮރު"، "ނޫސްވެރިޔާ ޝަހްޒާން"، "ސިޔާސީ ގޮހޮރު، ދެ ގޮހޮރު މުންޑު"، "އެލްޖޯލި" ފަދަ އެތައް އެތައް މާލިއެއް ހިމެނެއެވެ.

މި މާލި ޕެރޭޑު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޔޫޓިއުބުން ލައިވްކޮށް ދައްކަމުން ދަނިކޮށް ނަމަވެސް، ވަޒީރު އަލީ އިހުސާނާު އާ ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ މަތިން ފުލުހުން ނުކުމެ ވަނީ ލައިވް މެދުކަނޑުވާލަފައެވެ. މިހާ ހިސާބުން ހިތަށް އެރީ ސަރުކާރުގެ އިސް ތަރުޖަމާނުގެ ބަސްކޮޅެކެވެ. "އަޅުގަޑުގެ އިންނާނެ ދެ ގޮހޮރު. އެއީ ކާއެއްޗެއްހި ހަޖަމް ކުރުމަށާ ސިޔާސީ ގޮތުން ކަންކަން ހަޖަމް ކުރަނ ް އިންނަ ެ ގޮހޮރު" މިއެވެ.

މި މާލި ޕެރޭޑާއެކު ހަގީގަތުގައި ވެސް އެކަން ފެނިގެން ދިޔައެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފަކީ ހަގީގަތުގައިވެސް "ސިޔާސީ"އަށް ފައްކާވެފައި ހުރި ބޭފުޅެއްކަން ވަރަށް "ސަޅި"ކޮށް ސާބިތުކޮށްދެއްވައިފިއެވެ.

"ސިޔާސީ ގޮހޮރު، ދެ ގޮހޮރު މުންޑު"ގެ ނަމުން ނަންދީ ނެރުނު މާލީގެ މަންޒަރުތައް ސޯޝަލް މީޑިޔާގެ އެމްޑީޕީ އެކްޓިވިސް މައިމޫނު ހިއްސާކުރި ޕޯސްޓު ރީޕޯސްޓު ކުރައްވާ މުންދު ވިދާޅުވެފައިވަނީ، އެއީ އޭނާއަށް ރާއްޖޭގައި ލިބުނު ބޮޑު މަޝްހޫރުކަމެއް ކަމަށާ ކުޅުދުއްފުށި މާލި ޕެރޭޑުގައި މީމުއެއްގެ ގޮތުގައި ނަމަވެސް އޭނާ ޝާމިލުކުރުމަކީ ލިބުނު މެޑަލްއެއް ކަމަށެވެ.

މުންދުގެ މި ޕޯސްޓާ އެކު ގިނަ ބަޔަކު ގެންދަނީ އޭނާއަށް ސޯޝަލް މީޑިޔާގައި ތައުރީފު ކުރަމުންނެވެ. ބުނަމުން ދަނީ ހަގީގަތުގައިވެސް ސިޔާސީ މީހުންގެ "ހަންބޯ" ވާން ވާނެ ކަމަށާ މުންދު ދެއްކެވީ މިސާލެއް ކަމަށެވެ.

މުންދުއަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަވެފައިވާ ބޭފުލެކެވެ. މުންދުގެ މަންމާފުޅަކީ ވެސް ސިޔާސީ މައިދާނުގައި ފައި ހަމަކޮށްލައިގެން ހުންނެވި ކުޅަދާނަ ބޭކަނބަލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved