April 7, 2026
Advertisement
މުންދު ސަފީރުކަމުން ކުއްލި ގޮތަކަށް ވަކިކޮށްފި
މުންދު ސަފީރުކަމުން ކުއްލި ގޮތަކަށް ވަކިކޮށްފި / ރައީސް އޮފީސް

މުންދު ސަފީރުކަމުން ކުއްލި ގޮތަކަށް ވަކިކޮށްފި

Apr 6, 2026, 06:20 PM
މާލެ ސިޓީ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމުން ވަކިކޮށްފިއެވެ.

Advertisement

ވަޒީރުން ފެންވަރުގައު ޔޫއޭއީގެ ސަފީރަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް މަގާމުން ވަކިކުރީި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މުންދުގެ ނަން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އުނިކޮށްފައި ކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ކުއްލި ގޮތަކަށް މުންދު މަގާމުން ވަކިކޮށްފައިވަނީ މުންދުގެ މަންމާފުޅު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ސަރުކާރާ މެދު ނުރުހުން ފާޅުކޮށް މީހަކާ ވާހަކަ ދައްކާފައިވާ ފޯނު ކޯލުގެ އޯޑިއޯއެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved