May 9, 2026
Advertisement
 ފުރާނައާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތް: މެމްބަރު ކުޑޫ
ފުރާނައާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތް: މެމްބަރު ކުޑޫ / ޕީއެސްއެމް

ފުރާނައާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތް: މެމްބަރު ކުޑޫ

May 8, 2026, 05:16 PM
މާލެ ސިޓީ

 ފުރާނައާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ޕީއެންސީ ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

Advertisement

ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިންގެ ބައެއް ވައްތަރުތައް ބާޒާރުންނާއި ހޮސްޕިޓަލްތަކުން ލިބުމަށް ދަތިވެ، ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު އެކަމުގެ ޝަކުވާ އުފުލަމުންދާ ދަނޑިވަޅެއްގައި ކުޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބޭހާއި ލޭ ހޯދުމަށް ރައްޔިތުން ކުރަމުންދާ ޝަކުވާތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މިހާރު ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ބައެއް މުހިއްމު މައްސަލަތައް މަޖިލީހުގެ ކޮމިޓީތަކުގައި އެޖެންޑާ ނުކުރެވި ހުރިކަން ކުޑު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީތަކަށް ކަމާބެހޭ އިދާރާތަކުގެ ފަރާތްތައް ހާޒިރުކުރުމުން، އެ މައްސަލަތައް ހައެއް ނުވަތަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ބުނަމުންދާނަމަވެސް، އެ މުއްދަތުތައް ފަހަނައަޅާ ދާއިރުވެސް އަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި މިފަދަ ޚައސާސު މައްސަލަތަކާ މެދު ސަރުކާރުގެ ފަރުވާލެއް ނެތް ކަމަށްވެސް ކުޑޫގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކުޑޫ މިފަދައިން ވިދާޅުވެފައިވައިރު، ޑައިބެޓީސް، ނުވަތަ ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިންގެ ވައްތަރެއް ނުލިބި، ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރި ނަމަވެސް ސިއްހީ ވުޒާރައިގެ ބަހެއް މިކަމުގައި ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved