May 9, 2026
Advertisement
ފަރސްޓު ލޭޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށްވާ، ބީއެމްއެލްގެ ތަރުޖަމާނު ސައީދު ހައްޖު ކިއު ފަޅާލާފައި ހައްޖަށް ދާން އުޅޭކަމުގެ އަޑުތަކެއް!
ފަރސްޓު ލޭޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށްވާ، ބީއެމްއެލްގެ ތަރުޖަމާނު ސައީދު ހައްޖު ކިއު ފަޅާލާފައި ހައްޖަށް ދާން އުޅޭކަމުގެ އަޑުތަކެއް! / ބީއެމްއެލް

ފަރސްޓު ލޭޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށްވާ، ބީއެމްއެލްގެ ތަރުޖަމާނު ސައީދު ހައްޖު ކިއު ފަޅާލާފައި ހައްޖަށް ދާން އުޅޭކަމުގެ އަޑުތަކެއް!

May 8, 2026, 11:34 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ފަރސްޓު ލޭޑީ، މެޑަމް ސާޖިދާ މުހައްމަދުއާ ވަރަށް ގާތް ގުޅުމެއް އޮންނަ، ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު، މިއަހަރުގެ ހައްޖު ކިއު ފަޅާލާފައި ހައްޖަށް ދާން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ސަރުކާރުގެ ކޮރަޕްޝަންގެ ގިނަ ކަންކަން އާންމުންނާ ހަމައަށް ވިސްލު ބްލޯ ކުރަމުން އަންނަ ސޯޝަލް މީޑިޔާ ހެންޑްލް، "ހަސަް ކުރުސީ"އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސައީދު ދަނީ މިއަހަރު ހައްޖަށް ދާން ތައްޔާރުވަމުން ކަމަށާ، އޭނާ މިފަހަރު ހައްޖަށް ދަނީ، ހައްޖު ކޯޕަރޭޝަންގައި މަސައްކަތްކުރާ އޭނާގެ އަނބިމީހާއާ ވެސް އެކުގައި ކަމަށެވެ.

ސައީދަކީ ފަރސްޓު ލޭޑީގެ ވަރަށް ގާތް މީހެއް ކަމަށާ، އެގޮތުން ސަރުކާރުގެ ވެރިންނާ ގާތް ގުޅުން އޮންނަ ސައީދުމެން ފަދަ މީހުންނަށް ހައްޖަށް ދާން ގިނަ ދުވަސްތކަެއް ކިއުގައި މަޑުކުރަން ނުޖެހުމަކީ އިއްތިފާގެއްތޯ ސުވާލުކޮށް އެ ޕޯސްޓުގައި ބުނެފައިވަނީ، ހައްޖަށްދާން ފައިސާ ދައްކާ، ކިއުގައި އުމުރުން ދުވަސް އެތައް ބަޔަކާ އަދި އިތުރަށްވެސް އެތައް ބަޔަކު އަހަރުތަކެއް ވަންދެން ހައްޖު ކިއުގައި އެބަ ތިބި ކަމަށެވެ. 

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލު ވަނީ މިކަން ނަމަވެސް ދޮގުކުރައްވާފައެވެ.

ހައްޖު ކިއު ފަޅާލާ، ސަރުކާރާ ގުޅުން އިންނަ މީހުން ކުރީބައިގައި ހައްޖަށް ދާކަމުގެ ކަންބޮޑުވުމާ އެ ވާހަކަތަކީ މި ސަރުކާރު އައި ފަހުން ވަރަށް ތިޔާގި ވާހަކައެކެވެ. އެގޮތުން މި ސަރުކާރުގެ ހައްޖު އެމްޑީގެ އާއިޅި ގިނަ ބަޔަކު މި ސަރުކާރުގެ ފުރަތަމަ ހައްޖު މޫސުމުގައި ހައްޖަށް ގެންދިޔަކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެއެވެ.


ޝަކީލުގެ އެމްޑީކަމުގައި ހައްޖު ކިޔު ކުރިއަށް ނުކަނޑާތީއާ ކިޔުގައި ހިމެނޭ މީހަކު އުޒުރަކާ ގުޅިގެން ކިޔު ދޫކޮށްލި ކަމުގައިވީ ނަމަވެސް ދެން ޖެހިގެން އިން މީހާއަށް ކުރިއެރުން ލިބުމުގެ ބަދަލުގައި ސީދާ ޕީއެންސީއާ ގުޅުން އޮންނަ މީހުންނަށް ކިޔުއިން ޖާގަ ލިބޭކަމުގެ ޝަކުވާވެސް ބޮޑުވެފައިވެއެވެ. އަދި އެކަން ހިނގަނީ އެހެން ކަމަށް އެމްޑީ ޝަކީލު އިއުތިރާފުވެފައި ހުރި ކަމަށް ވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved