

ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމަށް ފޮތުގައި ލިޔެފައި އޮތް ނަމަވެސް މި ގައުމުން އިސްލާމީ ސިފަވަންތަކަން ގެއްލިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމަށް ފޮތުގައި ހުދާ ކަޅުން ލިޔެފައި އޮތް ނަމަވެސް ގައުމުގެ ދިމާތަކުން އެ މަންޒަރު ނުފެންނަ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިންގެ ކިބައިންވެސް ފެނިގެންދަނީ ދީނާ ބީރައްޓެހި ނިންމުންތައް ނިންމަމުން ގެންދާ މަންޒަރު ކަމަށް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ އޭގެ ހެއްކަކީ ހަލާލު ޓުއަރިޒަމްގެ ނަމުގައި ހައްޖު ކޯޕަރޭޝަންއިން އިސްނަގައިގެން މާފުށި ކައުންސިލާ ގުޅިގެން ހަދާ ޓޫރިސްޓު ހޮޓާ ކަމަށެވެ.
ރައީސް ޔާމީން ވަނީ އިސްލާމީ ރައުޔު ނެރެވޭނީ އިސްލާމީ ތައުލީމު ރަގަޅަށް އުނގެނިގެން ހުންނެވި ބޭފުޅަކަށް ކަމަށްވެފައި ރާއްޖޭގެ އަދުގެ އިސްލާމިކު މިނިސްޓަރު އެކަން އެގޮތަށް ނުކުރެވޭނެއޭ ވިދާޅުވުމުން ވެސް އެމަނިކުފާނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަދެވުމުން ފެނިގެން ދަނީ އިސްލާމީ ދައުލަތުގެ ސިފަ ގެއްލިފައިވާ ކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަޑު މިހެން މި ދަންނަވަނީ، ޙައްޖު ކޯޕަރޭޝަންގައި ތިބި މީހުން މި ނިންމީ، ހައްޖު ކޯަޕރޭޝަންގެ ފައިސާއިން މާފުށީގައި ގެސްޓު ހައުސެއް އަލަން. ދެން އެތަނުން ލިބޭ ފައިސާ އިންތަ އެންމެ ރަގަޅީ މީހުން އިތުރަށް ޙައްޖަށް ގެންދަން؟ އަދި އެތަނުގައި ރަލާ އޫރުމަހާ ވިއްކާފައި ކާންބޯން ދީފައި. އެކަމަކު އެތަނާ ހަވާލުވެ ހުރި މިނިސްޓަރު މި ބުނަނީ ތިމަންނަ ތިކަމާ ދެކޮޅޭ ގަބޫލެއް ނޫނޭ، އޭނައަކީ އިލްމުވެރިއެއް، އިސްލާމީ މިނިސްޓަރުގެ ވާހަކައޭ މި ދަންނަވަނީ. އެހެންވީމަ އަޅުގަޑު ދަންނަވަން މިއުޅޭ ވާހަކައަކީ އިސްލާމީ ދައުލަތަކަށް ވީ ނަމަވެސް މި ސިފަތަކެއް ނެތެއް ނޫންތޯއޭ. އިސްލާމިކު މިނިސްޓަރު މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާއިރުވެސް މި މީހުން ލައްވާ މިކަން މިކުރުވަނީ މުއިއްޒު ނޫންތޯ. އެހެން ނޫން ނަމަ މިކަމެއް ނުކުރުވޭނެ ދެއްތޯ. އެހެންވީމާ މިތާ ތިއްބެވި އާލިމުން އެބޭފުޅުންގެ ބަހެއް. މިއޮއް ހުރިހާކަމެއް ގޯހުން ގޯހަށް ދާއިރު، އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނޫނެއްނުންތޯ
ރައީސް ޔާމީން ވަނީ އިސްލާމްދީނުގެ އަސާސްތަކާ ކަނޑައެޅިގެން ދެކޮޅު އެގްރިމަންޓަކަށް ސަމޯއާ އެގްރިމަންޓު ވާއިރުވެސް އެ އެގްރިމަންޓުގައި ވެސް މި ސަރުކާރުން ސޮއިކުރިކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ސަރުކާރުގެ ތެރެއިން ހިންގަމުންތާ ވައްކަމާ ކޮރަޕްޝަންގެ ހުރިހާ ޖަރީމާއަކުން ލިބޭ ފައިދާގެ ބައި އެޅުން ރައީސް މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.