February 24, 2026
Advertisement
Hajj Corporation
Hajj Corporation / ސޯޝަލް މީޑިއާ

ރައްޔިތުންގެ ޓެކްސް ފައިސާގައި ސަރުކާރުގެ އިސްވެރިންނަށް އަރާމު ދަތުރު؛ އާންމު ރައްޔިތުން ކިއޫގައި މަޑުކުރަންޖެހިފައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 23, 2026, 10:17 PM
މާލެ ސިޓީ

ސައުދީ އަރަބިއްޔާގައި އުމްރާގެ އަޅުކަމަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ރާއްޖޭގެ ސްޓޭޓް މިނިސްޓަރެއް  ފެނިގެންދިޔައީ ރޭލެއްގެ ބިޒްނަސް ކްލާހުގައި ނުހަނު އަރާމުގައި ދަތުރުކުރައްވަނިކޮށެވެ. މިއީ ސީދާ ރާއްޖޭގެ ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާގައި ކުރައްވާ "ހިލޭ" ދަތުރެކެވެ.

Advertisement

ނަމަވެސް، ހަމަ އެ ރޭލުގެ ފަހަތުގައިވާ އިކޮނޮމީ ކްލާހުން ފެނިގެންދިޔައީ މުޅި އުމުރު ދުވަހު ކުރި މަސައްކަތުން އެއްކުރި ފައިސާކޮޅު ހުސްކޮށްލުމަށްފަހު، އުމްރާގެ މަތިވެރި އަޅުކަމަށް އައިސް އިން ނިކަމެތި ދިވެހި ރައްޔިތެކެވެ.

މިއީ އިންސާފުވެރި ގޮތެއް ހެއްޔެވެ؟ ހަމަގައިމުވެސް ނޫނެވެ. މިއީ ކޮރަޕްޝަނުގެ އިންތިހާއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ދަނީ ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ޕީއެންސީގެ އެކްޓިވިސްޓުންނާއި ގާތް ރައްޓެހިން ލިސްޓުކޮށް، ދައުލަތުގެ ޚަރަދުގައި ސައުދީއަށް ފޮނުވަމުންނެވެ.

މީގެ އިތުރުން، ހައްޖަށް ދިއުމަށްޓަކައި އެތައް ހާސް ރައްޔިތުންނެއް ކިއޫގައި ތިއްބާ، އަދި އެތައް ބަޔަކު ފައިސާ ދައްކައިގެން އިންތިޒާރުގައި ތިއްބާ، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ހައްޖު ކޯޓާގެ ނަހަމަ ބޭނުން ހިފަމުން ދާތަން މި ސަރުކާރު އައި ފަހުން އަންނަނީ ފެންނަމުންނެވެ.

މިއީ އާންމު ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށާއި ރައްޔިތުންގެ ފައިސާއިން ސަރުކާރުގެ ވެރިން ބިޒްނަސް ކްލާހުގައި އަރާމު ކުރަމުންދާއިރު، ހަގީގީ މުސްތަހިއްގުން ތިބީ ބާކީވެފައި ކަމަށް ބުނެ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved