ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ކޮަރަޕްޝަންގެ ތަޅު އެޅުވިވަރުން އޭގެ ތަޅުދަނޑިވީ ހިސާބުވެސް ސަރުކާރަށް ނޭނގޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
12 ޖޫން 2025
މާލެ ސިޓީ

މި ސަރުކާރުން ވަނީ ކޮރަޕްޝަންގެ ތަޅު އަޅުވާފައި ކަމަށް ސަރުކާރު ޕްރޮމޯޓޫކުރާ ފަރާތްތަކުން ބުނަމުން ދާއިރު ސަރުކާރުން އެކަމުގައި ތަޅު އެޅުވި މިންވަރު ބޮޑުކަމުން ތަޅުަނޑިވެސް ވީ ހިސާބު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ މަޖާޒީ ފާޑުވިދާޅުވުމެއް އަމާޒުކުރައްވައިފިއެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި، ރާއްޖޭގެ ސަރުކާރުގެ ތެރެއިން ހިންގަމުން ގެންދާ ޖަރީމާތައް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެކަންކަން ތިލަކޮށްދެއްވާފައެވެ.

އެގޮތުން ސަރުކާރަށް ނޭނގި ނަމަވެސް ހައްޖު ކޯޕަރޭޝަނުން ދަނީ ބޮޑެތި ޖަރީމާތައް ހިންގަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އޭގެ ތެރޭގައި އިސްލާމިކު ޓުއަރިޒަމް ނުވަތަ ހަލާލު ޓުއަރިޒަމް ހިންގުމުގެ ނަމުގައި މާލެ ކައިރި ރަށެއްގެ ކައުންސިލްއަކާ އެކު އެއްބަސްވުމެއް ގާއިމުކޮށް ހިންގަމުން ދަނީ ބޮޑެތި ވައްކަންތައް ކަމަށް ވެސް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

ހައްޖު ކޯޕަރޭޝަން ދަރަނިވެރިވުމާއި ހައްޖު ވެރިންނަށް ހައްޖު ކޯޕަރޭޝަން އާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު މަޖާޒީ ގޮތަކަށް ވިދާޅުވީ މިއަދު މިސަރުކާރުން ވަނީ ހަމަ ރަނގަޅަށްވެސް ކޮރޮޕްޝަނުގައި ތަޅު އަޅުވާފައި ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ހައްޖުވެރިން، އެބައިމީހުންގެ ދަތުރަށް ހައްޖު ކޯޕަރޭޝަންއަށް 1 މަސްދުވަހަށް ލާރި ދައްކާފައި ވާއިރު، އެމީހުނަށް އެ އެއް މަސް ދުވަހުގެ މުއްދަތުން އުނިވެފައިވާ 2 ހަފްތާގެ ތަފްސީލް ސަރުކާރުން ހާމަ ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved