theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާފުށި / ގެޓީ އިމޭޖަސް
ހަބަރު
ހައްޖު ކޯޕަރޭޝަންގެ ހޮޓާ ކުރިއަށް ގެންދަނީ ވަޒީރަށް ނޭނގި ނަމަވެސް، ރައީސް ހުއްދަ ދިނުމުން!
Sudha Latheef
ސުދާ ލަތީފް
09 އޯގަސްޓު 2025
މާލެ ސިޓީ

ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ ކުރިއަށް ގެންދަން ބައެއް މިނިސްޓަރުންގެ ނުރުހުނަސް، އެ މަޝްރޫއު އިއުލާނުކޮށް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަން އެނގިއްޖެ އެވެ.

އެފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވާއިރު، ހައްޖު ކޮޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މި ހަފުތާގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކޮޕަރޭޝަންގެ ކަންކަން އޭނާއާ ހަވާލުކޮށްފައި އޮތަސް، އެ މަޝްރޫއުއާ ގުޅޭ ކަންކަން އޭނާއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

މާފުށީގައި ހޮޓާ އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނު ކުރިއިރު ވެސް އެކަން ހިއްސާ ނުކުރުމުން ޝަހީމް ވަނީ އެކަމުގެ ނުރުހުން ފާޅުކުރައްވާފަ އެވެ.

މިދިޔަ ޑިސެންބަރު މަހު ޒަމީރު މަޖިލީހުގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓު ކުރެވޭނެ ކުންފުނިތައް އެބަހުރި ކަމަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ފަދަ ފަންޑެއް ބަލަހައްޓާ ކުންފުނިތަކުން އެފަދަ ކުންފުނިތަކަށް އިންވެސްޓުކޮށްގެން ފައިދާ ހޯދައިފި ނަމަ ނަތީޖާ މާ ރަނގަޅު ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.

އެ ހޮޓާ އަޅަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ހައްޖު ކޯޯޕަރޭޝަނާއި މާފުށި ކައުންސިލުގެ ކުންފުނި، މާފުށި އެލްއޭސީ އެލްޓީޑީ އެވެ.

ހޮޓާ އަޅަން ޝައުގުވެރިވާ ކުންފުނިތަކުން އޯގަސްޓު 13، ގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އެއީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved