
ރައީސް ދރ މުހައްމަދު މުއިއްޒު ވެގެން ދާނީ އަމިއްލައިން "އަނދަ ގޮނޑިޖެހިގެން" ވެރިކަން ނިންމާނެ ފުރަތަމަ ރައީސަށް ތޯ އައްސަވާ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ވަރުގަދަ ސުވާލެއް ދޫކުރައްވައިފިއެވެ.
ޖަމީލު މިފަދަ ސުވާލެއް ދޫކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތީ ހުސް ގޮނޑި ދައްކައި ވި ވަޢުދުތަކުން ކަމަށެވެ. އެހެންކަމުން އެވަޢުދުތަކަކީ މުސްލިމަކަށްވެ ހުރެ އަމުދުން ޚިޔާނާތްތެރި ވެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ މިކަމުގައި ރައީސް އަބްދުﷲ ޔާމީނަށާ ރައްޔިތުންނަށް މަކަރު ހެދުމަކީالله އަށް ބިރުވެތި ނުވުން ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މިއީ ވެރިކަމުން ފަޟީޙަތްވެ ނުވަތަ އަމިއްލައިން "އަނދަ ގޮނޑިޖެހިގެން" ނިންމާނެ ފުރަތަމަ ރައީސަށް ވެދާނެ ކަމާ މެދު ވެސް ޑރ ޖަމީލު ސުވާލު އުފައްދަވާފައިވެއެވެ.










