
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން ނަސީރުއާ މުހައްމަދު ޝަހުޒާނަށް ޖަލު ހުކުމެއް އިއްވައިފިއެވެ.
އެ ދެ ނޫސްވެރިންނަށްވެސް ޖަލު ހުކުމް އިއްވާފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކުރިމިނަލް ކޯޓުން "މުޅި" ރައްޔިތުންގެ މައްޗަށް ނެރުނު އަމުރަކާ ޚިލަފުވެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެއެވެ.
އެގޮތުން "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މީގެ އިތުރުން ކޯޓުން ވަނީ26،000 ރުފިޔާއިން ލީވާން ޖޫރިމަނާވެސް ކޮށްފައެވެ.
ލީވާނަށް ހުކުމު ކުރީ މައްސަލައިގައި ދިފާއުވުމަށް ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ފުރުސަތު ނުދީ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުުރުން ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ނޫސްވެރިޔާ ޝަހުޒާންގެ މައްސަލަވެސް ކޯޓުން ވަނީ ބަލާ ނިންމާފައެވެ. އެ މައްސަލައިގައި ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ހުކުމްކޮށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި 25800 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.










