May 14, 2026
Advertisement
"ވިފާގު"ގެ މަރާ މެދު ގޮތެއް ނުނިމި އޮއްވާ ނާޒިމު ފިލަން މުއިއްޒު ފުރުސަތު ދިނީތަ؟
"ވިފާގު"ގެ މަރާ މެދު ގޮތެއް ނުނިމި އޮއްވާ ނާޒިމު ފިލަން މުއިއްޒު ފުރުސަތު ދިނީތަ؟ / އަދަދު

"ވިފާގު"ގެ މަރާ މެދު ގޮތެއް ނުނިމި އޮއްވާ ނާޒިމު ފިލަން މުއިއްޒު ފުރުސަތު ދިނީތަ؟

May 14, 2026, 10:14 AM
މާލެ ސިޓީ

މާލޭގެ ގެއެއްގެ ބެލްކަންޏަކުން ވެއްޓީ ނިޔާވި ޒުވާނެއް ކަމަށާ، ވިފާގު އިބްރާހިމު އަދުނާނުގެ މަރުގެ މައްސަލައިގެ ތަހުގީގު ނުނިމި އޮއްވާ އެ މައްސަލައިގައި ތުހުމަތު އަމާޒުވާ އެއް ފަރާތްކަމަށްވާ، މަޖިލީހުގެ ނައިބު ރައީސް، އަދި ވިފާގުގެ ދޮން ބައްޕަ، އަހުމަދު ނާޒިމް ފިލަން ފުރުސަތު ރައީސް ޑރ . މުހައްމަދު މުއިއްޒު ތަނަވަސްކޮށް ދިން ކަމުގެ ތުހުމަތު އަމާޒުކުރަން ފަށައިފިއެވެ.

Advertisement

ބައެއް ރައްޔިތުން ވަނީ އެމީހުންގެ ޝުއޫރު މި ނޫހާ ހިއްސާކޮށްފައެވެ. އެގޮތުން "ވިފާގު" ފަދަ އަންހެން ދަރިން އެމީހުންގެ ވެސް އެބަ ތިބި ކަމަށާ ވިފާގުއަށް އިންސާފު ލިބުން އެއީ އެމީހުންވެސް އެދޭ ގޮތް ކަމަށް ވެސް ބުނެފައެވެ. އަދި ވިފާގުގެ މަރާ ގުޅިގެން ރަށު ތެރޭގައި ފެތުރިފައި ހުރި އަޑުތަކާ އެކުވެސް ނާޒިމަށް ގައުމު ދޫކޮށް އަނބުރާ ނާންނަ ގޮތަށް ދެވިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނާޒިމް ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، ނާޒިމް ރާއްޖެ ދޫކޮށް ދާން ފުރުސަތު ގަސްތުގައި ތަނަވަސްކޮށްދިނީ ރައީސް މުއިއްޒު ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.

އެގޮތުން ރައްޔިތުން ލޮލުގައި އަނދުން އަޅުވާ ދެބެއިންގެ ދެދަރިންގެ މެދުގައި "ކުނި" ޖެހުނު ކަން ގައުމަށް ދައްކާ އިތުބާރު ނެތް ކަމުގެ ވޯޓުގެ އަޑު ފަތުރުމަށް ފަހު، ނާޒިމް ފުރައިގެން ދާން އުޅޭކަމުގެ މައުލުމާތު ލިބިމުން ވެސް އެކަމާ މެދު ފިޔަވަޅެއް ނޭޅުމުން އެއީ "ސީދާ" ރޭވުމެއްކަން ހާމަވާ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ނާޒިމް "ވިފާގު"އަށް "ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެސް ޚުދު ވިފާގު އޭނާގެ އާއިލީ މީހުން ކައިރީ ބުނެފައި ހުރި ކަމަށާ އެހެން ކަމުން ވިފާގަށް އިންސާފު ހޯދައިދިނުމުން ނާޒިމް ބަދުނާމުވެ އާއިލާއަށް ހުތުރު ވެދާނެތީ ރައީސް މުއިއްޒު މޮޅު ހިޔަލު ރޭވުމެއް ރާވާ ނާޒިމަށް މެލޭޝިއާއަށް ދާން ދޮރު ހުޅުވާލަދިނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނާޒިމްގެ ބަޔާން "ވިފާގު"ގެ މައްސަލައިގައި ނެގި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން މީގެ ކުރިން ވެސް ސުވާލުކުރުމުން ޖަވާބުދީފައި ނުވާތީ އެކަމުގެ ހަގީގަތް އޮތީ ސާފުނުވެއެވެ. ނަމަވެސް ނާޒިމް ނުފޫޒު ފޯރުވައިގެން "ވިފާގު"ގެ މަރުގެ މައްސަލަ އޮއްބާލަން އުޅުނު ކަމަށް މުއުތަބަރުކޮށް މައުލުމާތު ކުރިންވެސް ލިބިފައިވެއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 14، ގައި މ. ހަސޯވާ ބިލްޑިންގު މަތިން ވެއްޓި ނިޔާވި ވިފާގުގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތަފާތު ތުހުމަތުތަކެއް ވިފާގުގެ ދޮން ބައްޕަ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުއަށް އަމާޒުވެފައިވެއެވެ.

ނާޒިމުގެ ފަރާތުން ވިފާގުއަށް ޖިންސީ އަނިޔާ ލިބެމުންދާ ކަމަށާ އެކަމާ ވިފާގު ނަފްސަނީވެ ދިގު މުއްދަތަކަށް ބޭސްކުރަމުން ގެންދިޔަކަމަށްވެސް ކުރިން މައުލޫމާތު ލިބިފައިވެއެވެ.

މިކަންކަމާ ގުޅިގެން ވެސް ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވަކި ޖަވާބެއް ދީފައިނުވާއިރު، ވިފާގުގެ މަރުގެ މައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ތަފާތު އެކި ފަހަރު މަތިން، ވިފާގުގެ މައްސަލަ ފުލުހުން ޕާކުކޮށްފައި އޮންނަ އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، ފުލުހުން އެ މައްސަލަ ނުބަލާ ސަބަބު ހޯދާ އޮޅުން ފިލުވާ ދޮން ދަރިއަށް އިންސާފު ހޯދައިދޭން، ޒިންމާދާރު ދޮން ބައްޕައެއްގެ ހައިސިއްޔަތުން، ނާޒިމު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ނާޒިމު އެކަން ކުރިއަށް ނުގެންދާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ ފަރާތުން ވިފާގުއަށް ޖިންސީ އަނިޔާ ލިބެމުންދިޔަ ކަމަށް ރިޕޯޓުކުރުމުން ނާޒިމު އެކަން ދޮގުކުރައްވާފައިވެސް ނުވެއެވެ. އެހެންކަމުން ވިފާގު ބެލްކަނިން ވެއްޓި ނިޔާވި ހާދިސާގެ މައްސަލަ ދިވެހި ފުލުހުން ނުބަލަނީ ނާޒިމުގެ ސިޔާސީ ނުފޫޒުން ކަމަށް ބެލެމުގެ ފުރުސަތު އޮތްއިރު މިއަދު މިވަނީ ނާޒިމު ފިލަންވެސް ފުރުސަތު މުއިއްޒުގެ ސަރުކާރުން ދީފައޭ ބުނެވިދާނެ ދެއްތޯއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved