
ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި ނާޒުކު ދަނޑިވަޅުތަކުގައި، ސިޔާސީ ފިކުރު އެއްކައިރިކޮށް ކުރީގެ ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަކީ ރާއްޖޭގައި މީގެ ކުރިންވެސް ފެނިފައިވާ، އަދި ނަތީޖާ ނެރެދީފައިވާ އުސޫލެކެވެ.
އިސްލާހީ ބޮޑެތި ބަދަލުތައް ގެނައުމުގައާއި، ގައުމީ މަސްލަހަތު އިސްކުރަންޖެހުނު ކޮންމެ ފަހަރަކު ލީޑަރުން ދައްކަވާފައިވާ މިފަދަ އެކުވެރިކަމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭ ބާރެކެވެ. އެހެންކަމުން، މިއަދު ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރަން މި ނުކުމެވަޑައިގަތީ އެފަދަ ގައުމީ ރޫހެއްގައި ކަމަށްވީނަމަވެސް، ސަރުކާރުގެ ނުފޫޒުގައި ތިބި ފަރާތްތަކުން މިކަމަށް ފުރައްސާރަ ކުރަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ކޮރަޕްޝަނާއި ނާގާބިލުކަން ހާމަވާން ފެށުމުން އެކަމާ ބިރުންނެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިއަދު ފެނިގެންދަނީ ސަރުކާރުގެ ހުދުމުޚުތާރު ސިޔާސަތުތަކާ ދެކޮޅަށް ގައުމުގެ އިސް ތިން ލީޑަރުން އެއްގަލަކަށް އަރައި، ރައްޔިތުންގެ ހައްގުގައި ނުކުމެވަޑައިގަންނަވާ މަންޒަރެވެ. ރައީސް ޔާމީނާއި، ރައީސް ނަޝީދާއި، ރައީސް ޞާލިޙު އެކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވަން ނިންމެވުމަކީ، މިހާރުގެ ސަރުކާރުން މިނިވަން މުއައްސަސާތަކަށާއި ނޫސްވެރިންނަށް ކުރަމުންދާ ފިއްތުންތަކަށް ލިބުނު ވަރުގަދަ ރައްދެކެވެ. ނަމަވެސް، މި ތާރީޚީ ނިންމެވުމާއެކު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ ހަޖޫޖެހުމާއި ފުރައްސާރައިގެ އަމަލުތައް ހައްދުފަހަނަޅާ ދަރަޖައަށް ކުރިއަށް ގެންދަމުންނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ނުވެވުމުން، ހަގީގީ މައްސަލައިން ސަމާލުކަން އަނބުރާލުމަށް ހިންގާ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ކަމެވެ. ނޫސްވެރިންގެ ދޫ ބަންދުކޮށް، މައުލޫމާތު ފެތުރުމަށް ހުރަސްއަޅަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު ލީޑަރުންގެ މި އެކުވެރިކަމަކީ ރައްޔިތުންނަށް އޮތް ހަމައެކަނި އުންމީދެވެ. ސަރުކާރުގެ ފުރައްސާރައަށްވުރެ ރައްޔިތުންގެ އިހުސާސްތައް މާ ވަރުގަދަ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރެވޭ މި ހަނގުރާމަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ބޮޑުވެފައިކަމަށް ގިނަ ބަޔަކު ބުނެއެވެ.










