April 17, 2026
Advertisement
މީގެ ކުރިން ބަޔަކު ޒަކާތް ދައްކަނީ
މީގެ ކުރިން ބަޔަކު ޒަކާތް ދައްކަނީ / ސީއެންއެމް

މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ: އިސްލާމިކް މިނިސްޓްރީ

Aishath Naja
އައިޝަތު ނަޖާ
Jan 12, 2024, 06:02 PM
މާލެ ސިޓީ

މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މުދަލުގެ ޒަކާތުގެ ނިސާބް ކަނޑައެޅުމުގައި އެ ވުޒާރާއިން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެެން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،140 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަަމަށެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 7،151.90 ރުފިޔާ ގައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ.

ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved