May 15, 2026
Advertisement
.
.

އެއްވެސް މީހަކު ސިޔާސީ ސަބަބަކަށްޓަކައި ހައްޔަރު ނުކުރާކަމަށް މުއިއްޒުގެ ބޮޑު ދޮގެއް!

Yana Shareef
ޔާނާ ޝަރީފް
May 14, 2026, 09:56 PM

ސިޔާސީ އެއްވެސް ބޭނުމަކަށްޓަކައި ނުވަތަ ސިޔާސީ ލީޑަރަކު ޖަލަށްލާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑު އިތުރުފުޅެއް ހައްދަވައިފިއެވެ.

Advertisement

ޕީއެންސީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، ފެންނަން ހުރި ހަގީގަތްތަކާ މި ވާހަކަފުޅު މުޅިން ތަފާތެވެ. ހާއްސަކޮށް "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި ހިމެނޭ މައުލޫމާތުތަކާ ގުޅިގެން، ސަރުކާރުގެ ނުފޫޒުން އެ ނޫހުގެ އިސްވެރިންނާއި ނޫސްވެރިންނަށް ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައި ރައީސް މިފަދަ ވާހަކައެއް ދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރައީސް މުއިއްޒު ސިޔާސީ ހައްޔޭރިން ނެތް ކަމަށް ވިދާޅުވާއިރު، "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފައެވެ. މީގެ އިތުރުން، އެ ނޫހުގެ ވެރިޔާއާއި އެޑިޓަރުގެ މައްޗަށް ގަޒުފުގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކުރުމާއި، ޑޮކިއުމެންޓަރީގައި ހިމެނޭ އައިޝަތު އީޝާ އަޝްރަފްގެ މައްސަލަ ބެލުމަށް ފުލުހަށް އެންގުމަކީ ސީދާ ސިޔާސީ ބޭނުމެއްގައި ހިންގާ އަމަލުތަކެއްގެ ގޮތުގައި ވަނީ ސިފަވެފައެވެ.

އަދި ކޯޓު މެދުވެރިކޮށް "ގެގް އޯޑަރެއް" ނެރެ މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށްފައިވާއިރު، މަގުމަތީގައި ހިޔާލު ފާޅުކުރާ މީހުން ހައްޔަރުކޮށް ބަންދުކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް މުއިއްޒު މިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ރައްޔިތުންގެ ކުރިމަތީގައި ދައްކަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved