July 8, 2026
Advertisement
ރައީސްގެ ކޮއްކޯފުޅުގެ ފިރިމީހާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ރައީސްގެ ކޮއްކޯފުޅުގެ ފިރިމީހާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި / އަދަދު

ރައީސްގެ ކޮއްކޯފުޅުގެ ފިރިމީހާއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

Jul 8, 2026, 04:51 PM
މާލެ ސިޓީ

ސަރުކާރުގެ ޚަރަދު ކުޑަކުރަން، ސިޔާސީ މުވައްޒަފުން މަދުކުރަމުންދާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައި، ރައީސް ޑ ރމުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާގެ ފިރިކަލުން، އަބްދުﷲ މުފީދުއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

Advertisement

މުފީދުއަށް ދީފައިވަނީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމެވެ.

އޭނާ ކުރިން ހުންނެވީ ކައުންސިލް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ. ނަމަވެސް، ދާދިފަހުން އެ މިނިސްޓްރީ އުވާލުމާއެކު އެ މިނިސްޓްރީގެ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރިއިރު އޭނާ ހަމަޖެއްސީ ހޯމް މިނިސްޓްރީއަށެވެ.

ރައީސްގެ މި ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން ޚަރަދުކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުގައާ އެހެނިހެން ތަންތަނުގައި ތިބި ނިކަމެތި ރައްޔިތުން މަގާމުތަކުން ކަނޑާ ނިކަމެތި ކުރަމުންދިޔަ ނަމަވެސް ރައީސްގެ އާއިލީ ބޭފުޅުންގެ ބަލަދު ސަރުކާރަށާ ދައުލަތަށް އެރީތޯ އަހާ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

އޭނާ ވަނީ އުފަން ރަށް، ތ.ވޭމަންޑޫގެ ރަށުގެ ކައުންސިލް މެންބަރުކަމާއި ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ އަދި ތ. އަތޮޅު އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު މީގެކުރިން ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތަށް ހުރި ނަމަވެސް އެ މައުލޫމާތު މިހާރު އެ މައުލޫމާތު ނުފެންނަ ގޮތަށް ސައިޓަށް ވަނީ ބަދަލު ގެނެސްފައެވެ.

މިނިސްޓްރީތަކުގެ ވެބްސައިޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އެންމެ ފަހުގެ މައުލޫމާތު ހިމަނާފައި ނެތުމުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved